ވެނެޒުއެލާގެ ރައީސް މަޑޫރޯގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް އެމެރިކާއިން 50 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅައިފި އެވެ. ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ވެރިކަމުން ދުރުކުރުމަށް އެހީތެރިވެދެވޭނެ މައުލޫމާތެއް ދޭ މީހަކަށް 50 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އެމެރިކާއިން ބުނެއެވެ.
ވޮޝިންޓަން އިން ބުނާ ގޮތުގައި މި ފިޔަވަޅަކީ މަޑޫރޯގެ ސަރުކާރުގެ ތެރެ ރޫޅަލައި އެތެރޭގެ ހަމަނުޖެހުމަށް ހިތްވަރު ދިނުމެވެ.
އެމެރިކާއަކީ ދެކުނު އެމެރިކާގައި ބަޣާވާތްތައް ގެނަސްގެންނާއި ވެރިން މަރާލައިގެން ސަރުކާރު ބަދަލު ކުރުމުގެ ދިގު މާޒީއެއް އޮތް ގައުމެކެވެ.
މުހައްލިލުން ބުނާ ގޮތުގައި ޓްރަމްޕް ގެ ކަޅި ހުރި ވެނެޒުއެލާގެ ގޭހާއި ތެލާ ދިމާއަށެވެ. އެމެރިކާއަށް ވެނެޒުއެލާގެ މި ގުދުރަތީ މުއްސަނދިކަން ފޭރި ގަނެވޭނެ ގޮތެއް މެދުވެރިވެއްޖެނަމަ އެމެރިމާގެ ޚަޒާނާއަށް ތިޔާގި ކަމެއް އަންނާނެއެވެ.
ވެނެޒުއެލާއިން ވަނީ އެމެރިކާ ސިފައިން އެގައުމަށް އަރައި ގަންނާނެ ކަމަށް ބަލައި އާންމު ރައްޔިތުންނަށް އަސްކަރީ ތަމްރީނުދީ ތައްޔާރީ ހާލަތަކަށް ގެނައުމަށް މަސައްކަތް ފާށާފައެވެ.
އެމެރިކާއިން ވަނީ އެގައުމުގެ އަސްކަރީ އުޅަނދުތައް ވެނެޒުއެލާއާ ކައިރިއަށް ޖަމާކޮށްފައެވެ. އޭގެ ތެރެއިން ގިނައީ އެމެރިކާގެ ދަބަރު ޖަހާފައިޥާ މަނަވަރު ތަކެވެ.







