ޚަބަރު
ކޯޓަށް ހާޒިރު ބާރަށު ޙަސަން ފަރީދު ހޯދަން ފަށައިފި
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހއ. ބާރަށް، ޙަސަން ފަރީދު (40އ) ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި އެ ކޯޓުން ފުލުހުންނަށް އަމުރު ކޮށްފިއެވެ. ފުލުހުންނަށް މިއަމުރު ކުރެއްވީ
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހއ. ބާރަށް، ޙަސަން ފަރީދު (40އ) ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި އެ ކޯޓުން ފުލުހުންނަށް އަމުރު ކޮށްފިއެވެ.
ފުލުހުންނަށް މިއަމުރު ކުރެއްވީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ އޭނާ ހާޒިރުކުރެވިފައިނުވާތީ އެވެ.
ޙަސަން ފަރީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންނަށް އެކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ މިހިނގާ ޖުލައި 8 ވަނަ ދުވަހުގެ 11:00 އަށް އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.
ޙަސަން ފަރީދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.