ޚަބަރު
ފުންފަޅު ހާދިސާ: އެހީތެރިކަން ފޯރުކޮށްދިނުމަށް ނުވަދިހަ ފަސްހާސް ރުފިޔާ
ގ. ފުންފަޅުގޭގައި ޖުލައި ފަސްވަނަދުވަހުގެރޭ ހިނގި އަލިފާނުގެ ހާދީސާގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިހާތަނަށް 95،000ރ (ނުވަދިހަ ފަސްހާސް) ރުފިޔާ ވަނީ ޚަރަދުކުރެވިފައި ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި
ގ. ފުންފަޅުގޭގައި ޖުލައި ފަސްވަނަދުވަހުގެރޭ ހިނގި އަލިފާނުގެ ހާދީސާގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިހާތަނަށް 95،000ރ (ނުވަދިހަ ފަސްހާސް) ރުފިޔާ ވަނީ ޚަރަދުކުރެވިފައި ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިފައިސާ ޚަރަދުވީ ކެއުމާއި ބޯހިޔާވަހިކަމަށެވެ. އެމްއެންޑީފުން ވިދާޅުވެފައިވަނީ މި ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައި ކަމަށެވެ.
މީގެ އިތުރުން އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް (5އޭ، 5ބީ އަދި 5ސީ) ގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިހާދިސާގައި ޖުމްލަ 109 މީހަކަށް އަސަރުކުރި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.