”އެވަރުންވެސް އިންސާނުންނަކަށް ނުވިސްނޭނެއެވެ.“

ސުރުޚީގައިވާ ޢިބާރާތަކީ ޤަދީމީ ސޫމާރީން މަށިން ހަދާފައިވާ ފިލައެއްގައި ލިޔެފައިވާ ޢިބާރާތެކެވެ. މި ދުނިޔޭގެ ނިމުން، މީގެ 5000 އަހަރު ކުރިން ކުރިކިޔާފައި، ނުވަތަ ޕްރިޑިކްޓް ކޮށްފައިވެއެވެ. ތައުރާތާއި، އިންޖީލާއި، ޒަބޫރާއި އަދި ޤުރުއާނަކު ނުވަތަ މަޒުހަބީ ފޮތްތަކަކު ނޫނެވެ. އެކަމަކު، ސޫމާރީން މަށިން ހަދާފައިވާ ފިލައެއްގައެވެ. 1922 ގައި، ޢިރާޤުގެ ދެކުނުގެ ޤަދީމީ ސޫމާރީންގެ ސަހަރެއް ކަމަށްވާ ލާސާއިން، އިނގިރޭސި އެކްސްޕްލޯރަރ ހާބަޓް ވެލްޑް ބުލަންޑެލް މަށިން ހަދާފައިވާ ފިލައެއް ހޯދިއެވެ. އެފިލާގައި ލިޔެފައިވެއެވެ. ”ބާދުޝާހަތު […]
ރެހެންދި ޚަދީޖާގެ ރަނިކަމުގައި ސިފައިން

ދިވެހިތާރީޚުގައި އޮންނަގޮތުން ރެހެންދި ޚަދީޖާ ތިން ފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ރަނިކަން ކުރެއްވިއެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ރަނިކަން ލިބިވަޑައިގަތީ އެ ކަމަނާގެ ކޮއްކޯފުޅު އައްސުލްޠާން އަޙްމަދު ޝިހާބުއްދީން، ސިރީ ލޯކަ އާދީއްތަ މަހާރަދުން (1335-1341) ނަށް ފަހުގައެވެ. ޝިހާބުއްދީން ރަދުންނަށް ރަސްކަން ލިބިވަޑައިގަތީ އެ ބޭފުޅުންގެ ބައްޕާފުޅު އައްސުލްޠާން ޢަބްލްފަތުޙި ޖަލާލުއްދީން ޢުމަރުވީރު، ސިރީ ލޯކަ އަބާރަނަ މަހާރަދުން (1306-1335) އަވަހާރަވުމުންނެވެ. ރަސްކަން ލިބިވަޑައިގެންނެވިއިރު ޝިހާބުއްދީން ރަދުން ތުއްޕުޅެވެ. ޝިހާބުއްދީން ރަދުންގެ ބައްޕާފުޅު އަވަހާރަވީއިރު […]
