ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އީރާނަކީ ހީކުރާ ފަދަ ގައުމެއް ނޫން
Uncategorized

އީރާނަކީ ހީކުރާ ފަދަ ގައުމެއް ނޫން

އއިބްރާހީމްް ސަމީރު15 ޖެނުއަރީ 2026
އީރާނާ ބެހޭ ގޮތުން ދުނިޔޭގެ މީޑިއާން ފަތުރާ ޚަބަރުތަކާއި، އާންމުންގެ މެދުގައި އުފެދިފައިވާ ތަސައްވުރަކީ އެ ގައުމުގެ ހަގީގީ ސޫރައާ ވަރަށް ތަފާތު އެއްޗެކެވެ. ގިނަ ފަހަރަށް އީރާނަކީ ތަރައްގީނުވާ، ހަރުކަށި އުސޫލުތަކެއްގެ ތެރޭގައި ބަންދުވެފައިވާ މުސްލިމް ގައުމެއްގެ ގޮތުގައި ސިފަކުރެވުނު ނަމަވެސް، އެ ގައުމުގެ އެތެރޭގެ ހަގީގަތްތަކަށް ބަލާލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ހުޅަނގުގެ މީޑިއާން އީރާނުގެ ހިޖާބުގެ ގާނޫނުތަކަކީ ހަމައެކަނި އަންހެނުންނަށް ކުރާ އަނިޔާއެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، މިއީ މުޅި މުޖުތަމައުގެ އަދަބުވެރިކަން ދެމެހެއްޓުމަށް އޮންނަ އުސޫލެކެވެ. އީރާނުގައި ހަމައެކަނި އަންހެނުންނެއް ނޫނެވެ، ފިރިހެނުން ވެސް ހެދުން އަޅަން ޖެހެނީ ހަށިގަނޑު ނިވާވާ ފަދަ ގޮތަކަށެވެ. ކުރު ހެދުމާއި ވަނާ ހާމަވާ ފަދަ ހެދުން އެޅުމަކީ އެންމެންނަށް ވެސް މަނާ ކަމެކެވެ. މީގެ މަގްސަދަކީ އިންސާނުންނަކީ ހަމައެކަނި ޖިސްމާނީ ގޮތުން ފެންނަ ޖިންސީތަކެއްޗަށް  ހެދުމުގެ ބަދަލުގައި، އެމީހުންގެ އަޚްލާގާއި އިލްމަށް އިސްކަންދޭ މުޖުތަމައެއް ބިނާކުރުމެވެ.
އީރާނުގެ ހަގީގީ ކުރިއެރުން ވަޒަންކުރަން ޖެހެނީ އެ ގައުމުގެ ތައުލީމީ ތަފާސްހިސާބުތަކުންނެވެ. 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ ކުރިން ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ އެންމެ %36 އެވެ. ނަމަވެސް މިއަދު އެ ނިސްބަތް ވަނީ %89 އަށް އުފުލިފައެވެ. ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި ލިޔަންކިޔަން ދަންނަ ނިސްބަތް %98 ގައި ހުރިއިރު، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއްވަރުގެ އަދަދެކެވެ.
އީރާނުގެ އަންހެނުންނަކީ އަޑެއް ނެތް، ބާރުވެރިކަމެއް ނެތް ބައެއްގެ ގޮތުގައި ސިފަކުރުމަކީ ހަގީގަތާ ޚިލާފު ޕްރޮޕެގެންޑާއެކެވެ.
މިއަދު އީރާނުގެ ޔުނިވަރސިޓީ ދަރިވަރުންގެ %60 އަކީ އަންހެނުންނެވެ. އަދި ސައިންސާއި ޓެކްނޮލޮޖީ ސްޓެމ ފަދަ ދާއިރާތަކުގެ %70 އަކީ އަންހެން ދަރިވަރުންނެވެ. އުމުރުން 25 އަހަރުން މަތީގެ އަންހެނުންގެ ތެރެއިން %40 އަކީ މަތީ ތައުލީމު ހާސިލްކޮށްފައިވާ މީހުންނަށް ވާއިރު، ގްރެޖުއޭޓްވާ އަންހެން ކުދިންގެ %75 މީހުންނަށް ވަރަށް އަވަހަށް ވަޒީފާގެ ފުރުސަތުތައް ލިބެއެވެ.
ކޮންމެ ގައުމެއްގައި ވެސް އުނިކަންތައްތަކާއި ކޮރަޕްޝަން ހުންނާނެއެވެ. އީރާނަކީ ވެސް އެފަދަ ގައުމެކެވެ. ނަމަވެސް، ހުޅަނގުގެ މިންގަނޑުތަކުން (ބަނގުރަލާއި، މަސްތުވާތަކެއްޗާއި، ހަށިވިއްކުން ފަދަ ކަންކަމުން) ކުރިއެރުން މިނުމަކީ ގޯހެކެވެ. އީރާނުން ދައްކުވައިދެނީ އަމިއްލަ ދީނީ އަދި ސަގާފީ އަގުތަކުގައި ހިފަހައްޓައިގެން ވެސް، ތައުލީމާއި ސައިންސުގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިދާނެ ކަމެވެ. އެހެންކަމުން، ބޭރުގެ ޕްރޮޕެގެންޑާތަކަށް ހެއްލުމުގެ ބަދަލުގައި، އީރާނުގެ ހަގީގީ ތަަރައްގީއަށް ބަލާލުން މުހިންމެވެ.

ގުޅުންހުރި ޚަބަރު