ދިވެހި|English 9 ޖުލައި 2026 · 02:20
Top banner
Advertisement
ވޯލްޑްކަޕަކީ ސުލްހަވުމަށް އެމެރިކާއަށް ލިބޭ ފުރުސަތެއް: އީރާން ސަފީރު
ދީން

ވޯލްޑްކަޕަކީ ސުލްހަވުމަށް އެމެރިކާއަށް ލިބޭ ފުރުސަތެއް: އީރާން ސަފީރު

ޟޟަމްރަތު އަހްމަދު14 ޖޫން 2026
އެމެރިކާއާ ގުޅިގެން ބާއްވާ ފީފާ ވޯލްޑްކަޕްގައި އީރާނުން ބައިވެރިވުމަކީ، ތެހެރާނުން ސުލްހައަށް ލޯބިކުރާ ކަމުގެ ހެއްކެއް ކަމުގައި އީރާނުން މެކްސިކޯއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބުލްފަޒުލް ޕަސަންދީދާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މެކްސިކޯގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފޭން ފެއާގެ ހަވާސާގައި ޕޮލިޓިކޯ އަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަރވިއުގައި އޭނާ ވަނީ އީރާނުގެ ފުޓްބޯޅަ ޓީމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައިފައެވެ. "އަޅުގަނޑުމެން އިންސާނިއްޔަތާ މެދު ވިސްނާ ފިކުރު ކުރަން. ހުރިހާ އިންސާނުންނަކީ ވެސް ސުލްހަވެރިކަމާ އެކު އުޅެން ޖެހޭ ބައެއް ކަމަށް ގަބޫލު ކުރަން،" އޭނާ ވިދާޅުވި އެވެ. ކުޅިވަރުގެ ތެރެއިން ވެސް ފުޓްބޯޅަ އަކީ ގައުމުތަކުގެ މެދުގައި ހަމަނުޖެހުން ކުޑަކޮށްދީ ގުޅުން ބަދަހި ކުރުމަށް ލިބޭ ފުރުސަތެއްކަމަށް ޕަސަންދީދާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ވޯލްޑްކަޕަކީ ސުލްހައަށް މަސައްކަތް ކުރުމަށް އެމެރިކާ އަށް ލިބޭ ފުރުސަތެކެވެ. އޭނާ ވިދާޅުވީ އީރާނަކީ ސުލްހައަށް ލޯބުކުރާ ސުލްވެރި ގައުމެއް ކަމަށެވެ. ސުލްހަވެރިކަން ކުރިއަށް ނެރުނު ވަރަކުން އީރާނުންވެސް އޭގެ ދެގުނަ ސުލްހަވެރިކަން ދައްކާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރުޅިވެރިކަމާއެކު އީރާނަށް ހަމަލާއެއް ކުރިމަތި ކުރުވައިފި ނަމަ ހަރުކަށި އިޖާބަ ދޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އީރާނާއި އެމެރިކާއިން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމަށް އަޅުގަނޑު ޓްރަމްޕަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ. އިރާން ސަފީރު ވިދާޅުވީ ވޯލްޑްކަޕަކީ ހަމަނުޖެހުންތައް ކުޑަކޮށް، ސުލްހައަށް ދިއުމަށް ލިބޭ ފުރުސަތަކަށް ވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ސަފީރު އަބުލްފަޒުލް ޕަސަންދީދާ ވިދާޅުވީ، އެމެރިކާގެ ރައްޔިތުންނާ މެދު އީރާނުން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އެމެރިކާއިން އީރާނަށް އިހުތިރާމް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު