ދިވެހި|English 19 ޖުލައި 2026 · 20:50
Top banner
Advertisement
ކުވައިތުގައި ހުންނަ އެމެރިކާގެ ބަޑިގުދަންތަކާއި ރާޑަރުތަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
ދުނިޔެ

ކުވައިތުގައި ހުންނަ އެމެރިކާގެ ބަޑިގުދަންތަކާއި ރާޑަރުތަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

ކުވައިތުގައި ހުންނަ އެެމެރިކާގެ އަސްކަރީތަންތަނަށް އީރާނުން ހަމަލާދީފިއެވެެ.

މމުހައްމަދު އަލީ19 ޖުލައި 2026

ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަމަށް އީރާނުން ރޭ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ކުވައިތުގެ އަލީ އަލް ސަލީމް ބޭސް އާއި ކޭމްޕް އުދައިރީއަށް ދިން މިހަލާގައި އެމެރިކާއަށްވަނީ ބޮޑެތި ގެއްލުންވެފައެވެ.

މިހަމަލާގައި ކޭމްޕް އުދައިރީގައި ހުންނަ އެމެރިކާ އަސްކަރިއްޔާގެ ބަޑި ގުދަންތަކަށާއި ކުވައިތުގެ އަލީ އަލް ސަލީމް ބޭސްގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ ޕެޓްރިއޮޓް ރާޑަރާއި ވައިގެ ރާޑަރުވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ކޭމްޕް އުދައިރީ އަކީ އީރާނުގެ ބޯޑަރު ސަރަހައްދާ 104 ކިލޯމީޓަރު ދުރުގައި އޮންނަ އެމެރިކާގެ އަސްކަރިއްޔާގެ މައި މަރުކަޒެކެވެ. މި ބޭސްގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައުމަކީ އެ ސަރަހައްދުގައި ޓެރަރިސްޓް އަސްކަރިއްޔާގެ ސަޕޯޓް އޮޕަރޭޝަންތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނޭ ކަމެއްކަމަށް އީރާނުގެ އިރްނާ ނޫހުން ބުނެފައިވެއެވެ.

އަލީ އަލް ސަލީމް އެއަރ ބޭސް އަކީ ހުޅަނގު އޭޝިއާ ސަރަހައްދަށް ވަންނަ އަސްކަރީ ބާރުތަކުގެ މައި ދޮރާށި އަދި ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒެވެ.

 

ްއީރާން

ގުޅުންހުރި ޚަބަރު