ދިވެހި|English 20 ޖުލައި 2026 · 02:24
Top banner
Advertisement
ކުވައިތުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ދެވަނަ ފަހަރަށް ހަމަލާދީފި
ދުނިޔެ

ކުވައިތުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ދެވަނަ ފަހަރަށް ހަމަލާދީފި

ކުވައުތުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ދެވަނަ ފަހަރަށް ހަމަލާދީފި ކަމަށް އެގައުމުން ބުނެފިއެވެ.

މމުހައްމަދު އަލީ19 ޖުލައި 2026

ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެވަނަ ފަހަރަށް އީރާނުން ބޮޑެތި ޑްރޯން ހަމަލާތަކެއް ދީފިއެވެ. އީރާނުގެ އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހަމަލާތައް ދޭން ފަށާފައި ވަނީ ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފުވެ، އީރާނުގެ އާންމު ސަރަހައްދުތަކަށް އެމެރިކާއިން ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

އީރާނުން ހަމަލާ ދީފައި ވަނީ ކޭމްޕް ބުއެރިންގްގައި ހުންނަ އެމެރިކާގެ ހަތިޔާރު ގުދަންތަކަށާއި، ކުވައިތުގެ އަލީ އަލް ސަލީމް އެއާ ބޭސްގައި ހުންނަ އާލާތްތަކަށާއި ސިފައިންގެ ހެނގަރުތަކަށެވެ. އެ ދެ ސަރަހައްދަށް ހަމަލާ ދިނީ ދެވަނަ ފަހަރަށް ކަމަށް ވެސް އަސްކަރިއްޔާއިން ބުންޏެވެ.

އީރާނުން ބުނެފައިވަނީ އެ ޤައުމުން ހަނގުރާމަ ކުރަނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޤައުމީ ޝަޚްޞިއްޔަތާއި، އެތައް ސަތޭކަ އަހަރެއް ވެފައިވާ ތާރީޚާއި، އެ ޤައުމުގެ ރައްޔިތުން ދިފާޢުގައި ކަމަށެވެ. އީރާނުން އަނިޔާވެރި ނުވާހާ ހިނދަކު އެޤައުމާ ދެކޮޅަށް އަނިޔާވެރިވާ ކޮންމެ ޤައުމަކާ ދެކޮޅަށް ދިފާޢުގައި ކޮންމެ ކަމެއްވެސް ކުރާނޭ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އަދި އެޤައުމުގެ ދުޝްމަނުންނާއި އިންސާނީ ދުޝްމަނުންގެ ކިބައިން ގައުމު ދިފާއު ކުރުމުގައި އީރާނުގެ އަސްކަރިއްޔާ ސާބިތުވެ އޮންނާނޭ ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

 

އީރާންހަނގުރާމަ

ގުޅުންހުރި ޚަބަރު