ދިވެހި|English 20 ޖުލައި 2026 · 14:42
Top banner
Advertisement
ޒަމާނީ ސިސްޓަމަކާއެކު ކުޅިވަރު ވުޒާރާގެ ކޯލްސެންޓަރު ހުޅުވައިފިކޯލް ސެންޓަރުގެ ޚިދުމަތް ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ފަށްޓަވައި ދެއްވަނީ/ފޮޓޯ ކުޅިވަރާބެހޭ ވުޒާރާ
ޚަބަރު

ޒަމާނީ ސިސްޓަމަކާއެކު ކުޅިވަރު ވުޒާރާގެ ކޯލްސެންޓަރު ހުޅުވައިފި

ކުޅިވަރު ވުޒާރާގެ ކޯލްސެންޓަރުގެ ޚިދުމަތް ވަޒީރު ޢަބްދުﷲ ރާފިިޢު ރަސްމީކޮށް ފަށްޓަވައި ދެއްވައިފިއެވެ.

މމުހައްމަދު އަލީ19 ޖުލައި 2026

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިފި ކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާގެ ކޯލް ސެންޓަރގެ ނަންބަރަކީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް މިނަންބަރަށް ގުޅާ ޚިދުމަތް ހޯދޭނޭ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވައިފައެވެ. އޭގެ އިތުރުން ބަންދުގަޑިތަކުގައިވެސް ޚިދުމަތް ލިބޭނޭ ކަމަށް ވަނީ ވިދާޅުވެއްފައެވެ.

ކޯލް ސެންޓަރުގައި ގާއިމް ކޮށްފައިވަނީ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ކަމަށާއި އެ ސިސްޓަމުގައި ކޮންމެ ކޯލެއް ލޮގްކުރެވިގެން ދާނޭ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި ޚިދުމަތް ގާއިމްކުރުމާއެކު އެ ވުޒާރާގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މިގޮތުން އެފަރާތެއް ބޭނުންވާ ޑިޕާޓްމަންޓަކާ ސީދާ ގުޅައި ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް މަގުފަހިވެގެން ދާނޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ކުޅިވަރުސްޕޯޓްސް މިނިސްޓްރީ

ގުޅުންހުރި ޚަބަރު