ދިވެހި|English 20 ޖުލައި 2026 · 22:53
Top banner
Advertisement
އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ދުނިޔޭގެ ޗެންޕިއަންކަން ހޯދައިފިސްޕޭންގެ ފޯވާޑު ފެރާން ޓޯރޭޒް
ޚަބަރު

އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ދުނިޔޭގެ ޗެންޕިއަންކަން ހޯދައިފި

ސްޕެއިނުން ދުނިޔޭގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް20 ޖުލައި 2026

ބަލާހިތްވި މޮޅުކުޅުމަކަށް ފަހު ދުނިޔޭގެ އެންމެފަހުގެ ޗެންޕިއަން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން 2026 ވަނަ އަހަރުގެ ދުނިޔޭގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ސްޕެއިން ޗެންޕިއަންކަން ހޯދީ އެކެއް ސުމެއްގެ ނަތީޖާއަކުން މެސީގެ އާޖެންޓީނާ ބަލިކޮށްގެންނެވެ. ސްޕެއިނުން މޮޅު ކުޅުމެއް ދެއްކި މިމެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހިފައިނުވެއެވެ.

ސްޕެއިނުން މެޗު ކާމިޔާބުކުރީ އިތުރުވަގުތުގެ 106 ވަނަ މިނިޓުގައި ޖެހި މުހިންމު ލަނޑުންނެވެ. މި ލަނޑުޖެހީ އެޓީމުގެ ފޯވާޑު ފެރާން ޓޯރޭޒް އެވެ.

މުޅި މެޗު ސްޕެއިނުންވަނީ ކޮންޓްރޯލްކޮށްގެން ކުޅެ އާޖެންޓީނާގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލައިފައެވެ. ހަމަލާތަކުގެ ހުރަހަކަށްވީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒްއެވެ. އޭނާވަނީ ސްޕެއިނުން ފޮނުވާލި ވަރުގަދަ އެގާރަ ހަމަލާއެއް ކުޅަދާނަކަމާއެކު ހުއްޓުވައިފައެވެ.

މި މެޗުގައި އާޖެންޓީނާއަށް ވެސް ލަނޑު ޖަހާނޭ ފުރުސަތުތަކެއް ލިބި ވަނީ ނާކާމިޔާބު ވެފައެވެ.

އެޓީމަށް އެންމެބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ މެޗުގެ ފަހު ދިހަމިނިޓު ތެރޭގައި އެޓީމުގެ އެންޒޯ ފެނާންޑޭޒްއަށް ދެއްކި ދެވަނަ ރީނދޫކާޑާ އެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާ ލުމުންނެވެ.  މިއީ ސްޕެއިނުން ވޯލްޑްކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

 

ކުޅިވަރުވޯލްޑްކަޕް 2026

ގުޅުންހުރި ޚަބަރު