ދިވެހި|English 21 ޖުލައި 2026 · 10:36
Top banner
Advertisement
އިގްތިސާދު ރަނގަޅު ކުރެވޭނީ ރަނގަޅު ޕްލޭނެއް އޮވެގެން: ސައުދުސައުދުﷲ އަހުމަދު
ޚަބަރު

އިގްތިސާދު ރަނގަޅު ކުރެވޭނީ ރަނގަޅު ޕްލޭނެއް އޮވެގެން: ސައުދު

ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރެވޭނީ ރަނގަޅު ޕްލޭނެއް އޮވެގެން ކަމަށް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ޟޟަމްރަތު އަހްމަދު20 ޖުލައި 2026

ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލު ކުރަން ބޭނުންނަމަ ރަނގަޅު ޕްލޭނެއް އޮންނަންޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރ އަދި މޯލްޑިވްސް ޓްރޭޑު އެސޯސިއޭޝަންގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މިސަރުކާރުގައި އެފަދަ ޕްލޭނެއްނެތް ކަމަށާއި، ފެންނަނީ އިގްތިސާދީ ދޯހަޅި ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ގައުމެއް ގައުމެއްގެ ގޮތުގައި ބިނާކުރަން ބޭނުންވާނަމަ އެންމެ މުހިންމު އެއްކަމަކީ އިގްތިސާދު ވަރުގަދަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. "އޭގެ މާނައަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ރައްޔިތުން ދިރިއުޅޭ ގައުމަކަށް އެގައުމު ހަދަންޖެހެޔޭ. އޭގެ ބަދަލުގައި ފެންނަނީ މިސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދޯހަޅިކަން،" އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި ވެސް އިގްތިސާދީ މައްސަލަތަކެއް ހުރިކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް މިހާބޮޑަށް އޭރުވެސް ދަތިނުވާ ކަމަށެވެ. އޭރު ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން ވެސް އިގްތިސާދީ ހީނަރުކަން ރާއްޖެއަށް ކުރިމަތިވިއެވެ. އެހާލަތުން އަރައިގަންނަން އުނދަގޫތަކާ ވެސް ކުރިމަތިލާންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންނަމަވެސް ޖުމްލަކޮށް ބަލާއިރު ރައްޔިތުންނަށް ތަކުލީފު ނުޖައްސައި ރާއްޖޭގެ އިގްތިސާދު ހިފަހައްޓާލެވުނު. ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ނެތް ދިމާވާ އިގްތިސާދީ މައްސަލަތަކަށް އެޓެންޑުވާން ރަނގަޅު އިކޮނޮމިކް ޕްލޭނެއް،" އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ކުރީން ސޯޅަ ރުފިޔާއަށް ސަތާރަ ރުފިޔާއަށް ކަޅުބާޒާރުގައިހުރި ޑޮލަރުގެ އަގު މިހާރު އެކާވީސް ރުފިޔާއަށް އަރައިގެން ގޮސްފައި ކަމަށެވެ. އެހެންވީ އިގްތިސާދީ ރަނގަޅު ޕްލޭނެއް ނެތުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. "ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޑޮލަރުގެ ރޭޓު ދުވަހަކަށްވުރެ ދުވަހެއް މައްޗަށް ދަމުންގޮސް ދިވެހި ފައިސާގެ އަގު މިވަނީ އިންތިހާއަށް ބޮޑުވެފައި. މީގެ އެންމެބޮޑު ގެއްލުމެއްވާނީ އާދައިގެން ނިކަމެތި ރައްޔިތުންނަށް،" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ސަބަބުން މުއްސަދި މީހާ މުއްސަނދިވަމުންދާއިރު ނިކަމެތީން ދަނީ އިތުރަށް ނިކަމެތިވަމުން ކަމަށެވެ. "މިއީ ރަނގަޅު ސިޔާސަތެއްނޫން. މިއީ އިސްލާހު ކުރަންޖެހޭ ސިޔާސަތެއް. މިހެންވުމުން މީގެ ޖުމްލަ ނަތީޖާއަކީ ޒަރޫރީ ތަކެތީގެ އަގު ބޮޑުވެ އާދައިގެން ރައްޔިތުންނަށް ނިކަމެތިކަން ލިބުން. ރައްޔިތުންނަށް ނިކަމެތިވާ އެއްވެސް ސިޔާސަތެއް އެއްވެސް ސަރުކާރަކުން ގެންގުޅެގެންނުވާނެ،" ސައުދު ވިދާޅުވިއެވެ.

ވިޔަފާރިސައުދުﷲ އަހުމަދު

ގުޅުންހުރި ޚަބަރު