ދިވެހި|English 21 ޖުލައި 2026 · 12:37
Top banner
Advertisement
ތޮއްޖެހުން ކުޑަކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް މާލޭގައި ފަށައިފި
ޚަބަރު

ތޮއްޖެހުން ކުޑަކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް މާލޭގައި ފަށައިފި

މާލެ ސިޓީ ކައުންސިލާއި އެސްކެޕް ގުޅިގެން، މާލޭގެ ތޮއްޖެހުން ކުޑަކުރުމާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް20 ޖުލައި 2026

މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގުޅިގެން، ކަމާ ގުޅުން ހުރި ދާއިރާތަކާއެކު މާލޭގެ ތޮއްޖެހުން ކުޑަކުރުމާއި ކާރިސާތަކުން ރައްކާތެރިވުމާ ގުޅޭ ދެ ދުވަހުގެ މަޝްވަރާ ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.

މީރޫމާ ހޮޓަލުގައި ކުރިއަށްދާ މި ބައްދަލުވުން ރަސްމީކޮށް ފައްޓަވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއެވެ.

މި މަޝްރޫއަކީ މޭޔަރ ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން، އެސްކެޕްގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ފުޅާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ވެރިރަށް މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމެވެ. މީގެ އިތުރުން، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި މާލޭގެ އުމްރާނީ ވަސީލަތްތައް ވަރުގަދަކުރުމަކީވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.

މި މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ މީހުން ގެންގުޅޭ އުޅަނދުފަހަރުގެ އަދަދާއި، ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން މި ނިޒާމުގައި ހުރި ގޮންޖެހުންތަކަށެވެ. ޑޭޓާ އެއްކުރުމުގެ މަރުހަލާގައި ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން 1,000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކޮށްފައެވެ.

މީރުމާ ހޮޓަލްގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުންނާއި، ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ފަންނީ މާހިރުން ބައިވެރިވެއެވެ. ބައްދަލުވުމުގެ ބައިވެރިން މަޝްވަރާ ކުރަމުންދަނީ ދާދިފަހުން ކުރިއަށްގެންދިޔަ 'އާބަން މޮބިލިޓީ ސާވޭ' (ޔޫ.އެމް.އެސް) އަދި 'ޑިޒާސްޓާ ރިސްކް އެސެސްމަންޓް' (ޑީ.އާރް.އޭ) އިން ފާހަގަވި ކަންކަމާ ގުޅޭގޮތުންނެވެ.

މި މަޝްވަރާތަކުން ލިބޭ މައުލޫމާތުތަކުގެ އަލީގައި، ގްރޭޓާ މާލެ ސަރަހައްދަށް ހާއްސަ "ތޮއްޖެހުން ކުޑަކުރުމާއި ކާރިސާތަކުން ރައްކާތެރިވުމުގެ ރޯޑްމެޕް" އެކުލަވައިލެވޭނެއެވެ.

މީގެ ތެރޭގައި އަމިއްލަ އުޅަނދުތައް ގެންގުޅުމާއި ޕާކިން މެނޭޖްކުރުން، އާންމު ދަތުރުފަތުރާއި ޓެކްސީގެ ހިދުމަތް ފުރިހަމަކުރުން، އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.

  • ޚަބަރާއި ފޮޓޯ މާލޭސިޓީ ކައުންސިލް

 

މާލެސިޓީ ކައުންސިލް

ގުޅުންހުރި ޚަބަރު