ދިވެހި|English 21 ޖުލައި 2026 · 14:36
Top banner
Advertisement
ދެގައުމުގެ ގުޅުމާބެހޭގޮތުން އީރާނާއި އިރާގުން މަޝްވަރާ ކޮށްފި
ދުނިޔެ

ދެގައުމުގެ ގުޅުމާބެހޭގޮތުން އީރާނާއި އިރާގުން މަޝްވަރާ ކޮށްފި

ދެގައުމުގެ ގުޅުމާބެހޭގޮތުން އީރާނާއި އިރާގުން މަޝްވަރާ ކޮށްފިއެވެ.

ހިރި ނިއުސްހިރި ނިއުސް21 ޖުލައި 2026

އިރާގުގެ ބޮޑުވަޒީރާއި އީރާނުން އިރާގަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ ދެބޭފުޅުން ބައްދަލު ކުރައްވައިފިއެވެ.  ހޯމަދުވަހު ބަޣުދާދުގައި ބޭއްވި މިބައްދަލުވުމުގައި އިރާގުގެ ބޮޑުވަޒީރު އަލީ އަލްޒައިދީ ވަނީ އީރާނުގެ ސަފީރު މުހައްމަދު ކާޒެމް އަލް ސާދިގަށް މަރުހަބާ ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމާއި އެކުވެރި ކަމާއެކު ދެގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމާބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ. މީގެ އިތުރުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމް ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ. ޚާއްސަކޮށް އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނޭ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

 މީގެ އިތުރުން މި ހަފްތާ ނިމޭއިރު އަލްޒައިދީ ތެހެރާނަށް ކުރައްވަން ނިންމާފައިވާ ރަސްމީ ދަތުރުފުޅުގެ ތައްޔާރީތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ. އަދި އެދަތުރުފުޅުގައި މަޝްވަރާކުރާނެ މައުޟޫއުތަކާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ވަނީ ދައްކަވައިފައެވެ.

 

އީރާން

ގުޅުންހުރި ޚަބަރު