ދިވެހި|English 22 ޖުލައި 2026 · 00:44
Top banner
Advertisement
ނައިފަރުން ފަންސަޔާޅީސް ހެކްޓަރުގެ ބިން ހިއްކައިފި
ޚަބަރު

ނައިފަރުން ފަންސަޔާޅީސް ހެކްޓަރުގެ ބިން ހިއްކައިފި

ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތ

އއަހުމަދު މުހައްމަދު21 ޖުލައި 2026

ޅ. ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެއެވެ. މިއީ އެރަށުގައި ސަރުކާރުން ހިންގި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ މިންވަރު ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ:

• 45 ހެކްޓަރު ބިން ހިއްކުން

• 1813 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން

• 803 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށިލުން

• 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުން

މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީއިންނެވެ. މަޝްރޫއުގެ އަގަކީ 679,031,580.60 ރުފިޔާއެވެ.

 

އެމްޓީސީސީ

ގުޅުންހުރި ޚަބަރު