ދިވެހި|English 22 ޖުލައި 2026 · 00:48
Top banner
Advertisement
އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ ޕޯޓަލް ތަޢާރަފްކޮށްފި
ޚަބަރު

އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ ޕޯޓަލް ތަޢާރަފްކޮށްފި

އެމް.ބީ.އެސްއިން އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ ޕޯޓަލް ތަޢާރަފްކޮށްފިއެވެ.

ހިރި ނިއުސްހިރި ނިއުސް21 ޖުލައި 2026

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ ޕޯޓަލް ތަޢާރަފްކޮށްފިއެވެ. މާލީ ވުޒާރާއިން ވިދާޅުވެފައިވަނީ މިއީ ދިވެހިރާއްޖޭގެ އިންފްލޭޝަނާއި، އިޤްތިޞާދީ ކުރިއެރުމާއި އަދި އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ތަޢާރަފްކުރި ޕޯޓަލްއެއް ކަމަށެވެ.

މި ޕްލެޓްފޯމް ލޯންޗުކޮށްފައިވަނީ، އެމް.ބީ.އެސް އަކީ ފަންނީގޮތުން މިނިވަން ޤައުމީ ތަފާސްހިސާބު އޮފީހެއްގެ ގޮތުގައި ކަނޑައެޅި، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު (ޢާނޫނު ނަންބަރު 16/2021) ވުޖޫދަށް އައިތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހު ކަމަށް މާލީވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ޑޭޓާ އެކްސްޕްލޯރަރ މެދުވެރިކޮށް ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) ގެ މައުލޫމާތާއި، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) ގެ ތަފާސްހިސާބުތަކާއި އަދި އާބާދީގެ ލަފާކުރުންތައް އިންޓަރެކްޓިވްކޮށް ބަލާލެވޭނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ ސަބަބުން ޕޯޓަލް ބޭނުންކުރާ ފަރާތްތަކަށް، ފަސޭހަ އަދި ލުއި ޕްލެޓްފޯމެއްގެ ތެރެއިން ރަސްމީ މައުލޫމާތުތައް ހޯދައި ދެނެގަތުމުގެ ފުރުޞަތު ލިބިގެންދެއެވެ.

މި ޕްލެޓްފޯމްގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުން ހޭލުންތެރިކުރުވުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ތަފާސްހިސާބުގެ ޤާނޫނުގެ ސަބަބުން ޤައުމުގައި ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި، ބެލެހެއްޓުމާއި، ކޮންޓްރޯލްކުރުމާއި، އަދި އާންމުން ހޭލުންތެރިކުރުމާ ބެހޭ ޤާނޫނީ އަދި މުއައްސަސާގެ އޮނިގަނޑު ވަނީ ވަރުގަދަވެފައެވެ. މި ޤާނޫނުގެ ދަށުން، އެމް.ބީ.އެސް އިސްކޮށް ހިންގުމަށްޓަކައި ޗީފް ސްޓެޓިސްޓިޝަން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ބިއުރޯއާ ގުޅޭ ކަންކަމުގައި ޒިންމާވާންޖެހޭ ވުޒާރާއަކީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއެވެ. އަދި އެ ބިއުރޯ ހިންގަނީ މިނިސްޓަރ އޮފް ފައިނޭންސްގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ވިޔަފާރި

ގުޅުންހުރި ޚަބަރު