ދިވެހި|English 23 ޖުލައި 2026 · 15:00
Top banner
Advertisement
"އޮތެންޓިކް މޯލްޑިވްސް" ފިހާރައިން ދިވެހި އުފެއްދުންތަކުގެ ފެންވަރު ދައްކުވައިދޭ: ވަޒީރު ސަޢީދު
ޚަބަރު

"އޮތެންޓިކް މޯލްޑިވްސް" ފިހާރައިން ދިވެހި އުފެއްދުންތަކުގެ ފެންވަރު ދައްކުވައިދޭ: ވަޒީރު ސަޢީދު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި އަލަށް ތަރައްޤީކޮށްފައިވާ "އޮތެންޓިކް މޯލްޑިވްސް" ފިހާރައަށް މިނިސްޓަރ ސައީދު ޒިިޔާރަތް ކުައްވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް23 ޖުލައި 2026

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި އަލަށް ތަރައްޤީކޮށްފައިވާ "އޮތެންޓިކް މޯލްޑިވްސް" ފިހާރައަކީ ދިވެހީންގެ އުފެއްދުންތަކުގެ ފެންވަރު ދައްކުވައިދޭނޭ ތަނެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އެތަނަށް ޒިޔާރަތް ކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މި އައުޓްލެޓަކީ ޒަމާނާ އެއްގޮތަށް މުސްތަގުބަލަށް ވިސްނައިގެން ތަރައްގީކޮށްފައިވާ ތަނެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ދިވެހި އުފެއްދުންތަކަށް ޚާއްޞަކޮށްފައިވާ މި ސަރަޙައްދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން،  60 އަކަ މީޓަރުން 150 އަކަ މީޓަރަށް ބޮޑުކުރެވިފައި ކަމަށެވެ. މީގެ ސަބަބުން ދިވެހި އުފެއްދުންތައް އިޝްތިހާރުކުރުމަށް އިތުރު ފުރުޞަތުތައް ފަހިވެ، އުފެއްދުންތެރި ސިނާޢަތްތައް ކުރިއަށް ދިއުމަށް ބޮޑުބާރަކަށް ވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.

 

ގުޅުންހުރި ޚަބަރު