ދިވެހި|English 24 ޖުލައި 2026 · 20:26
Top banner
Advertisement
ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ރާއްޖޭގެ ބޭންކިން ނިޒާމް ހަރުދަނާ ކުރެވިގެން: ސައުދުސައުދުﷲ އަޙުމަދު
ޚަބަރު

ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ރާއްޖޭގެ ބޭންކިން ނިޒާމް ހަރުދަނާ ކުރެވިގެން: ސައުދު

ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ރާއްޖޭގެ ބޭންކިން ނިޒާމް ހަރުދަނާ ކޮށްގެން ކަމަށް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ޟޟަމްރަތު އަހްމަދު24 ޖުލައި 2026

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށްވާނަމަ ރާއްޖޭގެ ބޭންކިން ނިޒާމް ހަރުދަނާ ކުރަން ޖެހޭކަމަށް މޯލްޑިވްސް ޓްރޭޑްއެސޯސިއޭޝަންގެ ޗެއަރމަން އަދި ކުރީގެ ސްޓޭޓުމިނިސްޓަރ އޮފް ޓްރާންސްޕޯޓް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ބްލެކްމާކެޓުގައި ޑޮލަރުގެ އަގުބޮޑުވެ ޑޮލަރުން ލިބުން ދަތިވުމުގެ ސަބަބުން ދިވެހިރުފިޔާގެ އަގުވެއްޓިފައިވާ ކަމަށެވެ. އޭގެ ސަބަބުން އަސާސި ޚިދުމަތްތަކުގެ އަގު ބޮޑުވެ ރައްޔިތންގެ ތެރެއިން ނުވަދިހަ ޕަސެންޓު މީހުން އުޅެމުންދަނީ ވަރަށްދަތި ހާލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމަށް ހައްލެއް ހޯދަން ބޭނުންވާނަމަ ކުރެވިދާނޭ ބައިވަރުކަންތައްތައް އެބަހުރި. ޑޮލަރުގެ މައްސަލަ ހައްލުކުރަން ބޭނުންކަމަށްވާނަމަ ރާއްޖޭގެ ބޭންކިން ނިޒާމް ހަރުދަނާ ކުރަން އެބަޖެހޭ. ޑޮލަރުގެ ބްލެކް މާކެޓެއް އުފެދިގެންދިޔަ ސަބަބަކީ ވެސް ސަރުކާރުތަކުގެ ރަނގަޅު ސިޔާސަތެއްނެތުން. މިކަމުގެ އެޑުވާންޓޭޖު ވިޔަފާރިވެރީން ވެސް ނަގާނެ. އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް،" ސައުދު ވިދާޅުވިއެވެ.  އެ ފުރުސަތު ވިޔަފާރިވެރީންނަށް މިދެނީ ވެސް ދިވެހި ދައުލަތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ފުރުސަތު ނުދިނުމަށްޓަކައި މަރުކަޒީ ބޭންކް އެމްއެމްއޭގެ މަނިޓަރީ ޕޮލިސީގެ ރަނގަޅު ސިޔާސަތެއް އެކަށައަޅައި ތަންފީޒު ކުރަންއެބަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަން ކުރެވޭނީ ދިވެހި ސަރުކާރަށް. އެއީ އާންމުރައްޔިތަކަށް ނުވަތަ ވިޔަފާރިވެރިއަކަށް ކުރެވޭނޭ ކަމެއްނޫން. މިސާލަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ޑޮލަރުގެ މައްސަލަތަކަށް ހަލެއް ހޯއްދެވި އެމަނިކުފާނު. ދުރުވިސްނުމާއި ރަނގަޅު ސިޔާސަތެއް އޮތީމައި އެކަން އެހެންއެވީ. ހަމައެގޮތަށް މިހާރުގެ ރައީސް ޑރ. މުޢިއްޒަށް ވެސް އެކަން އެނގިވަޑައިގަންނަވާނަމަ އެކަން ކުރުމުގެ ފުރުސަތު އެބައޮތް،"

— ސައުދުﷲ

އޭނާ ވިދާލުވީ ކުރިއާ އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން ވެސް މިހާރުވަނީ ރަނގަޅުވެ ލިބޭ އާމްދަނީ އިތުރުވެފައި ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ގެންދަނީ ލިބޭ އާމްދަނީއަށްވުރެ ކުރާ ޚަރަދު އިތުރުކޮށް އިސްރާފު ބޮޑުކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމަކީ އެކަމުގެ ނަތީޖާ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

މިކަމަށްވެސް އޮތް ހައްލަކީ އިގްތިސާދީ ރަނގަޅު ސިޔާސަތުތަކެއް އެކަށައަޅައި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް މަގުފަހިކޮށްދީ އާންމު ރައްޔިތުން މުޅި ދައުލަތަށް ބަރޯސާވުން ހުއްޓުވުން ކަމަށް އޭނާ ވިދާޅުވިއެވެ. "އެކަން ކޮށްގެން ނޫނިއްޔާ އަޅުގަނޑުމެންގެ ގައުމު ސަލާމަތެއް ނުވާނެ. އަޅުގަނޑު ދެކޭގޮތުގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަކީ ވަރަށް އާދައިގެން ކަމެއް. މިސާލަކަށް ރާއްޖޭގެ ވިޔަފާރިވެރީން އިންޕޯޓަށް ބަރޯސާވެފައިވާއިރު ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުގައި ބޮޑެތި ވިޔަފާރިވެރިން ވަރަށްމަދު ގައުމެއް. އޭގެ މަނާއަކީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ނިސްބަތަށް ބަލާއިރު ޑޮލަރުގެ މައްސަލައަކީ ވަރަށް ފަސޭހައިން ހައްލުކުރެވިދާނޭ ކަމެކޭ،"

ސައުދު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ސިޔާސަތެއްގެ ތެރެއިން، ދިވެހި ބޭންކާއި މަރުކަޒީ ބޭންކް އެމްއެމްއޭ މެދުވެރިކޮށް ދިވެހި ވިފާރިވެރީންނަށް ފުލްޕޭމަންޓް ޓީޓީ ހާދާދީފައި އެބަހުރި ކަމަށެވެ. އެގޮތަށް ހެދުމުން ބްލެކްމާކެޓުގައި ޑޮލަރު ގަންނައަގު ވަރަށްބޮޑަށް ދަށަށްދާ ކަމަށް ވިދާޅުވިއެވެ. "އެހެންނަމަވެސް އެއްލައްކަ ޑޮލަރުގެ ޓީޓީއެއް ހަދަން ދިވެހިބޭންކަށް ދިޔައިމާ މިދެނީ އޭގެ ދިހަ ޕަސެންޓު  ނުވަތަ ފަނަރަ ޕަސެންޓު. އޭގެ މަނާއަކީ ދެންހުރި ހުރިހާ ފައީސާއެއް ނުވަތަ ޑޮލަރު ހޯދަން މިޖެހެނީ ބްލެކް މާކެޓުންނޭ. މިއީ ހައްތާވެސް ބްލެކްމާކެޓުގައި ޑޮލަރުގެ އަގު އިތުރަށް ބޮޑުވާން ދިމާވާ ސަބަބެއް. ރަނގަޅު ސިޔާސަތެއް އޮތްނަމަ މިކަން ހައްލު ކުރުމަކީ އެއްވެސް ކަމަކަށް ވެގެންނުވާނެ،" ސައުދު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު