ދިވެހި|English 24 ޖުލައި 2026 · 21:23
Top banner
Advertisement
ވިޔަފާރިވެރިންގެ މިސްކިތުގައި ހުރި ބައު މުސްހަފުތަކެއް ގުދަނަކަށް ބަދަލުކޮށްފި މުސްހަފްތައް ގުދަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ މާލޭސިޓީ ކައުންސިލް
ޚަބަރު

ވިޔަފާރިވެރިންގެ މިސްކިތުގައި ހުރި ބައު މުސްހަފުތަކެއް ގުދަނަކަށް ބަދަލުކޮށްފި

ވިޔަފާރިވެރިންގެ މިސްކިތުގައި ހުރި ބައު މުސްހަފުތަކެއް ގުދަނަކަށް ބަދަލުކޮށްފިއެވެ.

އއަހުމަދު މުހައްމަދު24 ޖުލައި 2026

ވިޔަފާރިވެރިންގެ މިސްކިތުގައި (މަސްޖިދު ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ) ހުރި ގިނަ އަދަދެއްގެ ބައު މުސްހަފުތަކެއް މާލޭ ސިޓީކައުންސިލުން އެހެންތަނަކަށް ބަދަލުކޮށްފިއެވެ. އެކައުންސިލުން ވިދާޅުވެފައިވަނީ ބައު މުސްހަފުތައް ބަދަލުކޮށްފައިވަނީ ސިނަމާލެ ތިނެއްގެ ގުދަނަކަށް ކަމަށެވެ.

މާލޭސިޓީކައުންސިލުން ވިދާޅުވެފައިވަނީ 500 އަށް ވުރެ ގިނަ މުސްހަފް އެމިސްކިތުން ނަގާފައިވާކަމަށެވެ. އެއީ ބައުވެ ބޭނުންނުކުރެވޭ ވަރުވެފައިވާ މުސްހަފުތަކެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތް ކައުންސިލުން ކޮށްފައިވަނީ ދީނީހަމަތަކުގެމަތީން އެކަންކުރަން އޮންނާ އުސޫލާ އެއްގޮތަށް ކަމަށްވެސް އެކައުންސިލުން ވިދާޅުވެފައިވެއެވެ. މުސްހަފްތައް "ގުދަނަށް ބަދަލުކުރެވުނީ ނައްތާލުމުގެ ކުރިން ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށެވެ."

މާލޭގެ މިސްކިތްތަކުގައި ހުންނަ ބައު މުސްހަފުތައް އެއްކޮށް، އެ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ކައުންސިލުން ދޭތެރެ ދޭތެރެއިން ކުރަމުން ގެންދެއެވެ. މިއީ މިސްކިތްތަކުގެ ތަރުތީބު ހިފެހެއްޓުމަށާއި މުސްހަފުތަކަށް ދޭންޖެހޭ ހުރުމަތް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

 

ގުޅުންހުރި ޚަބަރު