ދިވެހި|English 24 ޖުލައި 2026 · 22:07
Top banner
Advertisement
ކޮސޯވޯގެ ސަފީރާ ބައްދު ކުރެއްވުމަކީ ލިބުނު ޝަރަފެއް: މޭޔަރު ޢާޒިމްމާލޭސިޓީގެ މޭޔަރު އާދަމް އާޒިމް، ކޮސޯވޯ ސަފީރާ ބައްދަލުކުރެއްވުން/ފޮޓޯ މާލޭސިޓީ ކައުންސިލް
ޚަބަރު

ކޮސޯވޯގެ ސަފީރާ ބައްދު ކުރެއްވުމަކީ ލިބުނު ޝަރަފެއް: މޭޔަރު ޢާޒިމް

ކޮސޯވޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ މާލޭގެ މޭޔަރު ބައްދަލު ކުރައްވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް24 ޖުލައި 2026

ކޮސޯވޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް، ބައްދަލު ކުރައްވައިފިއެވެ. ސަފީރު ލޫލްޒީމް ޕްލާނާ އާ އާޒިމާ ދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ލޫލްޒީމް ޕްލާނާ މާލެ ސިޓީ ކައުންސިލަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި އެމަނިކުފާނާ ބައްދަލުކޮށްލަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީއާއި ކޮސޯވޯ ޖުމްހޫރިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެފަރާތުންވެސް ޝައުގުވެރިވާ މުހިންމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ސިޓީ ތަރައްޤީކުރުން، ޑިޖިޓަލް ޓްރާންސްފޯމޭޝަން، އަދި މުނިސިޕަލް ގަވަރނަންސް ހިމެނެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއާއި، ސަގާފީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ބަދަލުތަކާއި، ފަންނީ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މޭޔަރ ފާހަގަކުރެއްވި ގޮތުގައި، ދެފަރާތުން ގަބޫލުކުރާ އެއްގޮތް އުސޫލުތަކާއި، މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖެއާއި ކޮސޯވޯއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 15 އެޕްރީލް 2009 ގައެވެ. މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

 

ގުޅުންހުރި ޚަބަރު