ދިވެހި|English 25 ޖުލައި 2026 · 19:53
Top banner
Advertisement
ދެ ގައުމަށް ފައިދާހުރި ކަންކަމަށް އެއްބާރުލުންދޭން ރާއްޖެއާއި ބަނގްލަދޭޝް ތައްޔާރުބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު, ރައީސް ޑޮރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރެއްވުން/ފޮޓޯ ރައީސް އޮފީސް
ޚަބަރު

ދެ ގައުމަށް ފައިދާހުރި ކަންކަމަށް އެއްބާރުލުންދޭން ރާއްޖެއާއި ބަނގްލަދޭޝް ތައްޔާރު

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާނާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ދެބޭފުޅުން މިއަދު ބައްދަލުކުރައްވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް25 ޖުލައި 2026

ރާއްޖެއާއި ބަނގްލްދޭޝަށް ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް އެއްބާރުލުންދެވިދާނޭ މަގުތައް ހޯދުމަށް ދެ ގައުމުން ވެސް ތައްޔާރު ކަމަށް ދެ ގައުމުން މިއަދު ހާމަކުރައްވައިފިއެވެ.

ދެ ގައުމުން މިކަން ހާމަކުރައްވާފައިވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާނާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ދެބޭފުޅުން މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރި ވަޑައިގެންނެވުމަށް މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ބަނގްލަދޭޝްގެ ޚާރިޖީވަޒީރާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންދެއްވީތީ ޑޮކްޓަރ ޚަލީލުއްރަޙްމާނަށް ޝުކުރު އަދާކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްގޮތާމެދުވެސް މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ޚާއްޞަކޮށް، ގިނަ ޤައުމުތަކުން ގުޅިގެން ކުރާ މަސައްކަތްތަކާއި، ތަޢުލީމުގެ ފުރުޞަތުތަކާއި، ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު