ދިވެހި|English 25 ޖުލައި 2026 · 21:18
Top banner
Advertisement
ރައްޔިތުންނަށް ފައިދާހުރި ފުރުސަތު ތަކަށް މައިސަރުކާރުން ޖާގަދޭންޖެހޭ: ފައިސަލް
ޚަބަރު

ރައްޔިތުންނަށް ފައިދާހުރި ފުރުސަތު ތަކަށް މައިސަރުކާރުން ޖާގަދޭންޖެހޭ: ފައިސަލް

ރައްޔިތުންނަށް ފައިދާހުރި ފުރުސަތު ތަކަށް މައިސަރުކާރުން ޖާގަދޭންޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެެވެ.

ޟޟަމްރަތު އަހްމަދު25 ޖުލައި 2026

މައި ސަރުކާރުން ކައުންސިލް ތަކަށް ބާރުތައް ދޫކޮށް ރައްޔިތުންނަށް (އަތޮޅުން) ގިނަ ފައިދާ ނެރެވޭނެ ފުރުސަތު ތަކަށް ޖާގަދީ، އެކަމަށް މަގުފަހި ކޮށްދޭންޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސްގައި މިހެން ވިދާޅުވީ އައްޑޫ ފޭދޫކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ސަވާހިލި ކުއްލިއަކަށް ސަރުކާރަށް ނެގުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ.

"ރާއްޖޭގެ އަތޮޅު ތަކުން ކުރިއެރުން ލިބެން އޮތީ މައި ސަރުކާރުން ކޮންމެ ކަމަކަށް ވަނުމުގެ ބަދަލުގައި، ކަންކަން ކުރެވޭނެ ފަދަ ނިޒާމެއް އަތޮޅު ތަކަށް ދައްކައި، މަރުކަޒީ ބާރުތައް ދޫކޮށްލައިގެން،" އެމަނިކުފާނު ވިދާޅުވެފައިއެވެ.

ފައިސަން ވިދާޅުވީ އައްޑުއަށާއި މުޅި ރާއްޖެއަށް ވެސް ޓޫރިޒަމްގެ ދާއިރާ އިން ކުރިއެރުން ލިބިފައި އޮތީ ޕްރައިވެޓް ސެކްޓަރ އިން ކޮށްފައިވާ މަސައްކަތުން ކަމަށް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ޓޫރިޒަމް އަށް ވަންނަ ކޮންމެ ފަހަރެއްގައި އެދާއިރާއަށް ބޮޑެތި ގެއްލުންވެ، ފެއިލްވަމުންދާ ކަމަށް ވެސް ފައިސަލް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ އައްޑޫ ސަވާހިލި ކުއްލި ގޮތަކަށް އެ ސިޓީ ކައުންސިލްގެ އިޙްތިސާސުން ވަކި ކުރަން ސަރުކާރުން ނިންމިއިރު، ފޭދޫ ޓޫރިޒަމް ޒޯންގައި އެތައް ސަތޭކަ އެނދު އަންނަނީ ތައްޔާރުވަމުން ކަމަށެވެ. "ސަވާހިލި ޓޫރިސްޓް ފެސިލިޓީ އަކަށް ތަރައްޤީވުމުން، އޭގެ ސަބަބުން އައްޑޫގެ ޓޫރިޒަމަށް ކުރިއެރުން އަންނާނެ. ރައްޔިތުންނަށް ޑޮލަރުން އާމްދަނީ ލިބި، އިޤްތިޞާދީ ނަފާ އިތުރުވެ އަދި އަތޮޅަށް ކުރިއެރުން އަންނާނެ،"

— ފައިސަލް

އައްޑޫސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކުރީ ގާނޫނާ ޚިލާަފަށްކަމަށް ބުނެ އެމްޑީޕން ވެސް ވަނީ ފާޑުކިޔައިފައެވެ.

 

ގުޅުންހުރި ޚަބަރު