މިއީ ދިވެހީންގެ ރާއްޖެ ކަމަށާއި، މި ރާއްޖޭގައި އިސްކުރެވެން ޖެހޭނީ ދިވެހީންގެ ސިޔާސަތު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަންދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވެސް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހީންނަށް އިސްކަން ދިނުން ކަމަށެވެ.
ދުނިޔޭގެ އެހެން ޤައުމުތަކާ ވެސް ރާއްޖެއިން ގާތްގުޅުމެއް ދަމަހައްޓާ ކަމަށާއި، އެހެންނަމަވެސް ދިވެހީންގެ ހިތްތަކާ ގުޅިފައިވާ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަމުންދާ އިޒްރޭލާ އެގުޅުން ނުބާއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ބައެއްސަރުކާރުތަކުން ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތުމުގެ ސިޔާސަތެއް ގެންގުޅުނު ކަމުގައިވީނަމަވެސް، އެއީ ދިވެހީންނާ ދޯޅަ ގޮތެއް ނޫންކަމުގައި ރައީސް ވިދާޅުވިއެވެ. ޢަރަބި އިސްލާމީ ޤައުމުތަކާ ގާތް ގުޅުމެއް ދެމެހެއްޓުމާއެކު ދިވެހިރާއްޖެއަށް ފައިދާވާނެ ގޮތުގައި އެހީތެރިކަންދޭނެ ހުރިހާ ޤައުމުތަކާއެކު އެމަނިކުފާނު ގުޅުންތައް ބަދަހިކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.





