ދިވެހި|English 26 ޖުލައި 2026 · 19:33
Top banner
Advertisement
މަޝްވަރާގެ މޭޒަށް ހާޒިރުވުމަށް ސާކު ގައުމުތަކަށް ރައީސް ގޮވާލައްވައިފިމިނިވަންދުވަހުގެ ރަސްމީޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ:/ފޮޓޯ ރައީސް އޮފީސް
ޚަބަރު

މަޝްވަރާގެ މޭޒަށް ހާޒިރުވުމަށް ސާކު ގައުމުތަކަށް ރައީސް ގޮވާލައްވައިފި

މަޝްވަރާގެ މޭޒަށް ހާޒިރުވުމަށް ސާކު ގައުމުތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.

މމުހައްމަދު އަލީ26 ޖުލައި 2026

މަޝްވަރާގެ މޭޒަށް ހާޒިރުވުމަށް ސާކުގެ ގައުމުތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ރަސްމީޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޚިޔާލު ތަފާތުވުންތަކަކީ މަޝްވަރާކުރެވިގެން ހައްލު ހޯދޭނެ ކަމެއްކަމުގައި އެމަނިކުފާނުގެ ސަރުކާރުން ޤަބޫލުކުރައްވާ ކަމުގައެވެ. އެހެންކަމުން ސާކްގެ ބައްދަލުވުންތައް އަލުން ފަށައިގަތުމަށްޓަކައި، ސަރަޙައްދީ ސުލްޙަ އިސްކޮށް، މަޝްވަރާގެ މޭޒަށް މެންބަރު ޤައުމުތަކުން ހާޒިރުވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. މިކަމުގައި ދިވެހިރާއްޖެއިން އިސްވެ ހަރަކާތްތެރިވުމަށް ތައްޔާރަށް އޮތްކަމަށް ވެސް ވިދާޅުވިއެވެ.

ސާކްގެ އިތުރުންވެސް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)އާއި ކޮމަންވެލްތު ފަދަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކުގައި ދިވެހިރާއްޖެއިން އަދާކުރާ އިސްދައުރު، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައިވެސް އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުން ދޫކޮށްލާފައިވާ ދިވެހިރާއްޖޭގެ ޙައްޤު ސަރަޙައްދު ހޯއްދެއްވުމަށް މަސައްކަތްޕުޅުކުރައްވަމުން ގެންދަވާނޭ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަށެވެ. ދިވެހިރާއްޖޭގެ ސަރަޙައްދީ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިންވެސް އިސްލާޙްތައް ގެނެސްދެއްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު