ދިވެހި|English 26 ޖުލައި 2026 · 19:27
Top banner
Advertisement
މިނިވަން ދުވަހުގެ ޖަލްސާ، ރައީސް ޝަރަފުވެރި ކޮށްދެއްވައިފި
ޚަބަރު

މިނިވަން ދުވަހުގެ ޖަލްސާ، ރައީސް ޝަރަފުވެރި ކޮށްދެއްވައިފި

ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ރަސްމީ ޖަލްސާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް26 ޖުލައި 2026

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި މި ޖަލްސާގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ޤައުމާ މުޚާޠިބުކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ، ފަތްތޫރަ މަޖައްލާގެ ޚާއްޞަ އަދަދެއްވެސް ހަދިޔާކުރައްވާފައެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ވަނީ، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ލިބިވަޑައިގެންނެވި 4 ބޭފުޅަކަށް އެ ޢިއްޒަތް އަރުވައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި، ޝަރަފުގެ އައްޑަނަ ދެއްވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އާއި ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.

-ޚަބަރާއި ފޮޓޯ ރައީސް އޮފީސް

 

 

ގުޅުންހުރި ޚަބަރު