ދިވެހި|English 26 ޖުލައި 2026 · 19:26
Top banner
Advertisement
ސަހައްޓި ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިދައުލަތަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވި ބޭފުޅަކަށް ރައީސް އިނާމް ދެއްވަނީ/ފޮޓޯ ރައީސް އޮފީސް
ޚަބަރު

ސަހައްޓި ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

ފަސްދޮޅަސް ހަ (ސަހައްޓި) ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީ ލިޔުން މިއަދު ދެއްވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް26 ޖުލައި 2026

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނައިގެ އިތުރުން ހަނދާނީލިޔުން މިއަދު ހަވާލުކޮށްދެއްވައިފިއެވެ. މިއީ ދައުލަތަށް އެބޭފުޅުން ކޮށްދެއްވައިފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ކޮންމެ އަހަރަކު ދެއްވާ ޚާއްސަ ޝަރަފެކެވެ.

މި ބޭފުޅުންނަށް ޝާރަފުގެ ބެޖާއި އައްޑަނައާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނެވެ. އެބޭފުޅުންނަށް މި އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވުނެވެ. އިނާމް ދެއްވާފައިވަނީ އެ މައުލޫމާތު، ކޮމިޓީން ދިރާސާ ކުރައްވައި، އެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ތެރެއިން އިނާމަށް ޝަރުޠު ފުރިހަމަވި ބޭފުޅުންނަށެވެ.

ގުޅުންހުރި ޚަބަރު