ދިވެހި|English 27 ޖުލައި 2026 · 17:06
Top banner
Advertisement
ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ޚަބަރު

ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.

ހިރި ނިއުސްހިރި ނިއުސް27 ޖުލައި 2026

އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ދިވެހި ސަރުކާރުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައެވެ. މިއީ 17 ފެބްރުއަރީ 2026 ގައި އެ މަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށް ޚާރީޖީ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމަށް ވެސް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި ޑރ. ޚަލީލުއްރަޙްމާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވާފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއެކު ރަސްމީ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ދެ ވަޒީރުން ވަނީ ޞިއްޙީ، ތަޢުލީމީ، ދަނޑުވެރިކަން، މުޢާސަލާތީގުޅުން، ފަތުރުވެރިކަން، ލޭބަރ، ވިޔަފާރި އާއި އިންވެސްޓްމަންޓް، އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރި ގުޅުމާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

ޑރ. ޚަލީލުއްރަޙްމާން ފުރާވަޑައިގަތުމަށް އެއާރޕޯޓަށް ވަޑައިގެންނެވުމުން އެތަނުން އެ މަނިކުފާނަށް އަލްވަދާޢު ވިދާޅުވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، ޑރ. މުޙައްމަދު ފަހުމީ ޙަސަން އާއި މިނިސްޓްރީގެ ބައެއް އިސް ވެރިންނެވެ.

 

ގުޅުންހުރި ޚަބަރު