ދިވެހި|English 29 ޖުލައި 2026 · 20:50
Top banner
Advertisement
މާޅޮހު ބަނދަރުގެ ބޮޑުބައި ނިމިއްޖެ
ޚަބަރު

މާޅޮހު ބަނދަރުގެ ބޮޑުބައި ނިމިއްޖެ

މާޅޮހު ބަނދަރު ތަރައްގީ ކުރުުގެ މަސައްކަތުގެ 83 ޕަސެންޓު ނިމިއްޖެއެވެ.

މމުހައްމަދު އަލީ29 ޖުލައި 2026

މާޅޮހު ބަނދަރުގެ ބޮޑުބައި ނިމިއްޖެ

ބ. މާޅޮސް ބަނދަރުހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރިވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މިމަސައްކަތުގެ 83 ޕަސެންޓު މިހާރު ނިމިފައިވާކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ އެލް ބްލޮކް ޖެހުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:

  • މިހާރު އޮތް ބަނދަރު ފުންކުރުން – 11,044 ކިއުބިކް މީޓަރ

  • އައު ބަނދަރު ފުންކުރުން – 46,194 ކިއުބިކް މީޓަރ

  • މިހާރު އޮތް ޗެނަލް ފުންކުރުން – 1,529 ކިއުބިކް މީޓަރ

  • ބޯޓު ބީޗިންގ އޭރިއާ ފުންކުރުން – 11,709 ކިއުބިކް މީޓަރ

  • ޗެނަލް ބްރޭކްވޯޓަރ – 81 މީޓަރ

  • ބަނދަރު ބްރޭކްވޯޓަރ – 221 މީޓަރ

  • ރިވެޓްމަންޓް – 453 މީޓަރ

  • ގްރޮއިން – 40 މީޓަރ

  • އެއްގަމު ތޮށި – 510 މީޓަރ

  • ސްކަވަރ އެޕްރަން – 510 މީޓަރ

  • މޫރިންގ ބޯއި – 11 ނަންބަރ

  • ރޭމްޕް – 11 މީޓަރ * 11 މީޓަރ

  • ނެވިގޭޝަން ލައިޓު – 2 ނަންބަރ

  • ބަނދަރު ލައިޓު – 19 ނަންބަރ

  • ޕޭވްމަންޓް – 2,365 އަކަ މީޓަރ

  • ކާބް – 363 މީޓަރ

ގުޅުންހުރި ޚަބަރު