ކަނޑުއޮތްގިރީގައި މިފްކޯއިން ގާއިމްކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި މަސްވެރިިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ކަނޑުއޮތްގިރިން އައިސް ލިބޭގޮތް ވުމުން މާލެ ސަރަހައްދުގެ މަސްވެރިންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނޭ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ޚާއްޞަކޮށް ކަންނެލި މަސްވެރިންނަށް އައިސް ހޯދުމުގައި ކުރިމަތިވަމުންދިޔަ ދަތިކަމަށް މިކަމުގެ ސަބަބުން އިންތިހާއަށް ލުއިވެގެންދާނެއެވެ.
ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ލިބޭނޭގޮތް ނެތުނަކަމަށާއި، މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައި ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 9500 މެޓްރިކް ޓަނުން 25000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
އައިސްޕްލާންޓު ގާއިމްކޮށް ހިދުމަތް ދިނުމުގެ އިތުރުން އެރަށުގައި މިހާރުވަނީ ހިކިމަސް ފެކްޓަރީއެއް ވެސް ހުޅުވާފައެވެ.





