ރާއްޖޭގެ 61 ވަނަ މިނިވަންދުވަސް ފާހަގަ ކުރުމަށް ޖުލައި 26 ވަނަ ދުވަހު ބޭއްވި ރަސްމީޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ރަނގަޅަށް ހަމަ އެމްޑީޕީއަށް އަޅާލީ" ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ އެބޭފުޅުން (ސިޔާސީން) ޕާޓީ ޕޯޑިއަމް ދޮށަށް ހިންގަވައިގަތީމާ، (އެތަންމިތަނުން) "ރަނގަޅަށް އަޅާލާށޭ" "ހޭއަރުވާލައްޗޭ" ގޮވާ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވެސް މިދެއްވުނީ މިބާވަތުގެ ހަރުގެ ޖަލްސާ ތަގްރީރެއް ކަމަށެވެ.
"ރަނގަޅަށް ހަމަ އެމްޑީޕީއަށް އަޅާލީ. ހަނދުމަފުޅެއްނެތް މިއީ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކަމެއް. ކޮންމެއަކަސް ވަރަށް ދެރަ،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސް މުޢިއްޒު މިދެއްވި ތަގުރީރަށް ޖަވާބު ދެއްވުމުގެ ގޮތުން، މިރޭ 9 ޖަހާ އިރު އޮންނަ އެމްޑީޕީ ހަރުގެ ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނޭ ކަމަށެވެ. "މިރޭ 9 ޖަހާއިރު އޮންނަ އެމްޑީޕީ ހަރުގެ ޖަލްސާގައި އަޅުގަނޑު އިރާދަ ކުރެވިއްޔާ ވާހަކަ ދައްކާނަން،"





