ދިވެހި|English 30 ޖުލައި 2026 · 04:55
Top banner
Advertisement
ތަކެތީގެ އަގު އުފުލިގެން މިދަނީ ތަހައްމަލްވާ ވަރަކަށް ނޫން: ރައީސް ނަޝީދު
ޚަބަރު

ތަކެތީގެ އަގު އުފުލިގެން މިދަނީ ތަހައްމަލްވާ ވަރަކަށް ނޫން: ރައީސް ނަޝީދު

ތަކެތީގެ އަގު ރާއްޖޭގައި އުފުލިގެން މިހާރު މިދަނީ ރައްޔިތުންނަށް ތަހައްމަލުވާ މިންވަރަކަށް ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ30 ޖުލައި 2026

ތަކެތީގެ އަގު ރާއްޖޭގައި އުފުލިގެން މިހާރު މިދަނީ ރައްޔިތުންނަށް ތަހައްމަލުވާ މިންވަރަކަށް ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބުދަދުވަހުގެރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ބާޒާރުގައި ބައެއްތަކެތީގެ އަގު އުފުލިފައިވާ މިންވަރު ވިދާޅުވެދެއްވައިފައެވެ.

ތަކެތީގެ އަގު ބޮޑުވަމުންދާއިރު ލިބޭ އާމްދަނީ އިތުރު ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިވަރުވީމާ ރައްޔިތުން ބަސްބުނާނޭ ކަމަށާއި ޒަރޫރީ ކަންކަމަށް ބޭނުންވާ ތެލާއި ފެނާއި ކަރަންޓުގެ ޚިދުމަތް ނުލިބި ދިރިއުޅުން ދަތިވީމައި ރައްޔިތުން މަގުމައްޗަށް ވެސް ނުކުންނާނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ ޔޫޒަބަލް ރިޒާވްގައި ޑޮލަރު ނެތް ކަމަށެވެ. އަދި ދިވެހި ބޭންކު ބީއެމްއެލްގައި ވެސް ޑޮލަރު ނެތްކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު