ދިވެހި|English 30 ޖުލައި 2026 · 20:12
Top banner
Advertisement
މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ، ސަމާލުވޭ: މެޓް
ޚަބަރު

މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ، ސަމާލުވޭ: މެޓް

މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނޭ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.

މމުހައްމަދު އަލީ30 ޖުލައި 2026

މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓު) އޮފީހުން ބުނެފިއެވެ. އެހެން ކަމުން އެންމެންވެސް މޫސުމަށް ސަމާލިކަންދީ އެންމެފަހުގެ މައުލޫމާތު ހޯދުމަށް އެއޮފީހުން ވަނީ އެދިފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާބެހޭ ރާއްޖޭގެ އޮފީހުން ބުނެފައިވަނީ ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ބޯ ވިއްސާރަވިލާ އަންނަނީ އުފެދެމުންނެވެ. "މިއާއެކު ޚާއްސަކޮށް ކުރިއަށްއޮތް ހުކުރުދުވަހު (ޖުލައި 31 ގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެގެންދާނޭ ކަމަށް ބެލެވެއެވެ." މޫސުމާ ބެހޭ އޮފީހުން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު