ދިވެހި|English 2 އޮގަސްޓު 2026 · 12:31
Top banner
Advertisement
ސިފައިންގެ އަސާސީ ތަމްރީން ކޯހުގެ އެއްވަނަ ޕްރައިވެޓް މަހުދީ އަޙްމަދު ހޯދައިފި
ޚަބަރު

ސިފައިންގެ އަސާސީ ތަމްރީން ކޯހުގެ އެއްވަނަ ޕްރައިވެޓް މަހުދީ އަޙްމަދު ހޯދައިފި

ސިފައިންގެ އަސާސީ ތަމްރީން ކޯހުގެ އެއްވަނަ ޕްރައިވެޓް މަހުދީ އަޙްމަދު ހޯދައިފިއެވެ.

މމުހައްމަދު އަލީ2 އޮގަސްޓު 2026

އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯހުގެ 73ވަނަ ބެޗުގެ ދަސްވެނިވުން ބާއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ.

މި ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް އަދި ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ހާސިލުކޮށްފައިވަނީ ޕްރައިވެޓް މަހުދީ އަޙްމަދެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ހާސިލުކޮށްފައިވަނީ ޕްރައިވެޓް ރިފާ މުޙައްމަދެވެ. އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަށް ދޭ "މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މުޙައްމަދު ޝައުން ނާފިޢުއެވެ. މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރަށް ދޭ "މޭޖަރ ޙުސައިން ޝާކިރު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދެވެ.

މުޅި ކޯހުން އެއްވަނަ ޕްލެޓޫނަކަށް ހޮވިފައިވަނީ ޝަހީދު ޢަލީރަސްގެފާނު ކޮމްޕެނީގެ ބްރާވޯ ޕްލެޓޫނެވެ. ބްރާވޯ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް މަރިޔަމް ޝާނީ އެވެ. ޓެންގޯ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ރިފާ މުޙައްމަދެވެ. ޗާލީ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އާނިމް މުޙައްމަދެވެ. ގޮލްފް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އައިޝަތު ޝާމިޒް ޢަޒީޒެވެ.

މި ކޯހުން 116 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 22 އަންހެން ދަރިވަރުންނާއި 94 ފިރިހެން ދަރިވަރުންނެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 7އިން ފެށިގެން ކުރިއަށްގެންދިޔަ މި ކޯހުގެ ތަމްރީނުތައް ހިންގާފައިވަނީ އެމްއެންޑީއެފް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދަރިންވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ ހަސަން ރަޝީދެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.

ގުޅުންހުރި ޚަބަރު