އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރ 19 ގައި ބާއްވަން އެޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
ފަންކްޝަން ފައިވްގައި މިރޭ ބޭއްވި ގައުމީ މަޖިލީހަށް މިކަން ހުށަހެޅުއްވީ މިރޭގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި އެޕާޓީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދެވެ. މި ހުށަހެޅުން ފާސްވީ މިރޭގެ ޖަލްސާއަށް ވަޑައިގެންނެވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓު ލިބިގެންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމީ މަޖިލީސް އިންތިޚާބު ބާއްވާނީ ކޮންގްރެސްއަށްފަހު ކަމަށެވެ. ގައުމީ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އިންތިޚާބު ބާއްވާނޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.





