ދިވެހި|English 20 އޮގަސްޓު 2026 · 23:54
Top banner
Advertisement
މިހާތަނަށް ރާއްޖޭގައި ޝާއިޢުކުރެވޭ އެންމެ ބޮޑުފޮތް ނެރެން ތައްޔާރުވަނީ
ޚަބަރު

މިހާތަނަށް ރާއްޖޭގައި ޝާއިޢުކުރެވޭ އެންމެ ބޮޑުފޮތް ނެރެން ތައްޔާރުވަނީ

ދިވެހިރާއްޖޭގައި މިހާތަނަށް ޝާއިޢުކުރެވޭ އެންމެ ބޮޑު ފޮތް ނެރުމަށްތައްޔާރުވާން ފަށައިފިއެވެ.

މމުހައްމަދު އަލީ20 އޮގަސްޓު 2026

ޑރ. ޙަސަން ޙަމީދު ލިޔުއްވާފައިވާ މި ފޮތް ނެރެދެއްވާނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. ފޮތް ނެރުމުގެ ރަސްމިއްޔާތު އޮންނާނީ މި ހިނގާ އޮގަސްޓް މަހުގެ 23 ވާ އާދީއްތަ ދުވަހު ހަވީރު 4:30 ގައި އެމް.އެން.ޔޫ. ގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމް ގައެވެ. މިއީ އިނގިރޭސި-ދިވެހި ބަސްފޮތެކެވެ. ޑރ. ޙަސަން ޙަމީދު ވިދާޅުވެފައިވަނީ މިއީ ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވެގެން އުޅޭ ފޮތެއް ކަމަށެވެ.

"ރައީސް މައުމޫން އަކީ މިފަދަ ޖަލްސާތަކުން ވަރަށް މަދުން ފެންނަ، ގިނަ ބައެއްގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ޤައުމީ ބޭފުޅެކެވެ."

ގުޅުންހުރި ޚަބަރު