ދިވެހި|English 1 ސެޕްޓެމްބަރު 2026 · 19:02
Top banner
Advertisement
އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދު ނުކުރާނަން: ތަޖަކިސްތާން
ދުނިޔެ

އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދު ނުކުރާނަން: ތަޖަކިސްތާން

އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅު ކަމަށް ތަޖިކިސްތާނުން ބުނެފިއެވެ.

މމުހައްމަދު އަލީ1 ސެޕްޓެމްބަރު 2026

ތެހެރާން، އައިއާރުއެންއޭ – އީރާނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދު ނުކުރާނޭ ކަމަށް ތަޖިކިސްތާނުން އީރާނަށް ކަނޑައްޅާފައި ހުންނަވާ ސަފީރު ޒާހިދީ ނިޒާމުއްދީން ޝަމްސުއްދީންޒާދާ ވިދާޅުވެއްޖެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެއްވެސް ގައުމެއްގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށާއި، ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ހިތާމައަކީ މިއަދުގެ ދުނިޔޭގައި ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ބާރުގެ ވަސީލަތެއްގެ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތައް ބޭނުންކުރަމުންދިއުން ކަމަށް އަންގާރަ ދުވަހު އައިއާރުއެންއޭއަށް ދެއްވި އިންޓަވިއުއެއްގައި ޒާހިދީ ވިދާޅުވިއެވެ.

ފާއިތުވި 35 އަހަރު ތެރޭގައި ދެ ގައުމުގެ ގުޅުމަށް އެކި ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، އީރާނާއި ތާޖިކިސްތާނުން އަބަދުވެސް މަސައްކަތްކޮށްފައިވަނީ ދެފަރާތުގެ ގުޅުން ބަދަހިކުރުމަށް ކަމަށާއި، މިއަދު ދެ ގައުމުގެ ދެމެދުގައި ސްޓްރެޓީޖިކް ޕާޓްނަޝިޕެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި 35 އަހަރު ތެރޭގައި މެދުކެނޑުމެއްނެތި ކުރިއަށްދިޔަ މަތީ ފެންވަރުގެ ސިޔާސީ މަޝްވަރާތަކަކީ އީރާނާއި ތާޖިކިސްތާނުގެ ގުޅުން ހާއްސަވެގެންދާ ސަބަބެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި 30 އަހަރު ތެރޭގައި ރައީސް އިމޯމާލީ ރަހްމާން ވަނީ އީރާނަށް ރަސްމީ އަދި މަސައްކަތުގެ 22 ޒިޔާރަތެއް ކުރައްވާފައެވެ. އަދި އީރާނުގެ ރައީސުން ވެސް 16 ފަހަރު ތާޖިކިސްތާނަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށް ޒާހިދީ ވިދާޅުވިއެވެ. ވިޔަފާރިއާ ބެހޭގޮތުން ސަފީރު ވިދާޅުވީ 2020 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަންދާސީ އަގަކީ ގާތްގަނޑަކަށް 55 މިލިއަން ޑޮލަރު ކަމަށެވެ. މީގެ ކުރިން މިއަށްވުރެ މަތީގައި އުޅުމަށްފަހު، އެއްބަސްނުވެވުނު ބައެއް ކަންތައްތަކާ ހުރެ ދުވަސްކޮޅަކަށް ވިޔަފާރި ދަށްވި ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. ނަމަވެސް، 2025 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަގު 450 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި، މިއީ ފަސް އަހަރު ތެރޭގައި ދެ ގައުމުގެ ވިޔަފާރި ފަސްގުނައަށް ވުރެ އިތުރުވިކަން އަންގައިދޭ ކަމެއް ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު