ދިވެހި|English 2 ސެޕްޓެމްބަރު 2026 · 12:02
Top banner
Advertisement
  މޭޔަރު ސައުދުއާއެކު އަޅުގަނޑުމެން ދެމިތިބޭނަން: ފައްޔާޒު
ޚަބަރު

މޭޔަރު ސައުދުއާއެކު އަޅުގަނޑުމެން ދެމިތިބޭނަން: ފައްޔާޒު

ތިނަދޫ މޭޔަރު ސައުދާ އެކު ތިބޭނޭ ކަމަށް ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ2 ސެޕްޓެމްބަރު 2026

 މި ޚުދުމުޚުތާރު ވެރިކަން ބަލިކުރުމުގައި ތިނަދޫ މޭޔަރު ސައުދު އަލީ އާއެކު ދެމި ތިބޭނޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

"މި ޚުދުމުޚުތާރު ވެރިކަން ބަލިކުރުމުގައި ސައުދާއެކު އަޅުގަނޑުމެން ދެމިތިބޭނަން،" އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވެއެވެ.

ފައްޔާޒު ވިދާޅުވެފައި ވަނީ މިސަރުކާރުން މިހާރު ވަނީ ލާމަރުކަޒީ ނިޒާމު ފުނޑާލާފައި ކަމަށެވެ. އެއަށްފަހު "މިހާރު އެ މަސައްކަތް ކުރަނީ ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ މަންދޫބުން ޖަލަށްލުމަށް. ތިނަދޫ ސިޓީގެ މޭޔަރު ސައުދުގެ މައްޗަށް ހިންގާފައިވަނީ ބޭއިންސާފު ތަހުގީގެއް،" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ތިނަދޫ ސިޓީގެ މޭޔަރު ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ބޭނުމެއްގައި އުފުލި ދައުވާތަކެއް ކަމަށާއި އެހެން ކަމުން އެ ދައުވާތައް އަނބުރައި ގެންދިޔުމަށް ގޮވާލާ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

މި ދައުވަތަކުގެ ފަހަތުގައި ވަނީ ތިނަދޫ ސިޓީއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ދެވޭ ހަމަލާއެއް ކަމަށްވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ. "ޖަލު ހުކުމެއްގެ ބިރު ދައްކައި ސައުދު ފަހަތަށް ޖައްސާލެވޭނެ ކަމަށް ސަރުކާރުން ދެކިގެން ނުވާނެ،" ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި އާބާދީ އޮޅުވާލި ކަމަށް ބުނެ އުފުލާފައިވާ ދައުވާއެކެވެ. މި ދައުވާއަށް ސައުދު ގެންދަވަނީ މިހާރުވެސް ދެކޮޅު ހައްދަވަމުންނެވެ.

 

 

ގުޅުންހުރި ޚަބަރު