ދިވެހި|English 7 ސެޕްޓެމްބަރު 2026 · 11:34
Top banner
Advertisement
އެމެރިކާއިން އާންމުންނާ ދެކޮޅަށް ހިންގަނީ ވަހުޝީ ޖަރީމާތަކެއް: އީރާން
ދުނިޔެ

އެމެރިކާއިން އާންމުންނާ ދެކޮޅަށް ހިންގަނީ ވަހުޝީ ޖަރީމާތަކެއް: އީރާން

އެމެރިކާއިން އާންމުންނާ ދެކޮޅަށް ހިންގަނީ ވަހުޝީ ޖަރީމާތަކެއް ކަމަށް އީރާން މިޝަނުން ބުނެފިިއެވެ.

މމުހައްމަދު އަލީ7 ސެޕްޓެމްބަރު 2026

ތެހެރާން، އައިއާރުއެންއޭ – އީރާނުގެ ތެޔޮ އުފުލާ އުޅަނދަކަށް އެމެރިކާއިން ދީފައިވާ ހަމަލާއަކީ "ފިނޑި އަދި ޣައިރުޤާނޫނީ ޙަމަލާއެއް" ކަމަށް އޯއައިސީއަށް ކަނޑައަޅާފައިވާ އީރާނުގެ މިޝަނުން ބުނެފިއެވެ.

އެ މިޝަނުން ބުނެފައިވަނީ އެ ޙަމަލާއަށް ފަހު އެމެރިކާގެ އަސްކަރިއްޔާއިން ފަޚުރުވެރިކަމާއެކު އެކަން ފާހަގަކުރަމުންދާ ކަމަށެވެ. އެހެނަސް އެއީ އާންމުން މެރުން ކަމަށް އެ މިޝަނުން ވަނީ ބުނެފައެވެ. މިފަދަ ކަންކަން ހިންގާފައި އެމެރިކާއިން އެކަންކަމުން ނުރެކެވޭނޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އީރާނުގެ މިޝަނުން އާދީއްތަ ދުވަހު މިކަމަށް ރައްދުދީފައިވަނީ، އީރާނުގެ އުޅަނދަށް ދިން ޙަމަލާއަށްފަހު އެމެރިކާގެ އަސްކަރީ ގާބިލްކަމާއި ޕްރޮފެޝަނަލް ކަމާމެދު އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ފަޚުރުވެރިވެ ނެރުނު ބަޔާނަކަށް ރައްދު ދެމުންނެވެ.

އީރާނުގެ ތެޔޮ އުފުލާ މި އުޅަނދަށް އެމެރިކާ ސިފައިން ދީފައިވަނީ "ފިނޑި ޙަމަލާއެއް" ކަމަށާއި އެއީ ފަޚުރުވެރިވާންޖެހޭ ނުވަތަ ތަޢުރީފުކުރަންޖެހޭ ކަމެއް ނޫންކަމަށް ބުނެ އީރާނުގެ މިޝަނުން ވަނީ އެމެރިކާއަށް މަލާމާތް ކޮށްފައެވެ.

އީރާނުގެ މިޝަނުން ބުނެފައިވަނީ މިހަމަލާއަށް އެމެރިކާއިން ފަޚުވެރިވާ ކަމަށް ވާނަމަ އެގައުމުން އީރާނުގެ މިނާބްގެ އިބްތިދާއީ ސުކޫލަކަށާއި، ލާމަރްދުގައި ހުންނަ ކުޅިވަރު ކްލަބަކަށާއި، ކުހެސްތަކުގައި ބޭއްވި ކައިވެނީގެ ޙަފްލާއަކަށާއި، އަދި އެހެނިހެން އާންމުންގެ ތަންތަނަށް ދިން ޙަމަލާތަކަކީ ހަމައެކަނި 'އޮޅުމެއް' ނުވަތަ 'އަމާޒު ކަސިޔާރުވެގެން" އަރާފައިވާ ހަމަލާތަކެއް ކަމަށް ބުނެ ދޫކޮށްނުލެވޭނޭ ކަމަށެވެ. މި ޙަމަލާތަކުގެ މަސްއޫލިއްޔަތުން އެމެރިކާގެ އަސްކަރިއްޔާއިން ރެކެމުންދާތީ އޯއައިސީ މިޝަނުން ވަނީ ހިތާމަކުރާކަން ހާމަކޮށްފައެވެ.

ސެންޓްކޮމްގެ ބަޔާނަކީ "އީރާނާ ދެކޮޅަށް ކުރަމުންދާ ޢުދުންވާނީ އަދި ޣައިރުޤާނޫނީ ހަނގުރާމައިގައި އެމެރިކާގެ ޓެރެރިސްޓް ބާރުތަކުން ހިންގާފައިވާ އެންމެހައި ވަހުޝީ ޖަރީމާތަކަށް" ސާފުކޮށް ވެފައިވާ އިއުތިރޭފެއް ކަމަށް ވެސް އެ މިޝަނުން ބުނެފައިވެއެވެ.

އެ މިޝަނުން ބުނެފައިވަނީ އެމެރިކާއިން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ހިންގާ އަސްކަރީ އޮޕަރޭޝަނުގެ އާންމުން ދައްކަންޖެހުމަކީ "އޮޅުމެއް" ކަމަށް ނުބެލެވޭނޭ ކަމަށެވެ. އެހެންކަމުން އެ މިޝަނުން ވަނީ މިކަންކަމަށް ވިސްނުމަށް އެމެރިކާއަށާއި ހުޅަނގު އޭޝިއާ ސަރަޙައްދުގައިވާ އެމެރިކާގެ އަސްކަރިއްޔާއަށް އިތުރަށް ހަނދާންކޮށްދީފައެވެ.

 

ގުޅުންހުރި ޚަބަރު