ދިވެހި|English 7 ސެޕްޓެމްބަރު 2026 · 12:21
Top banner
Advertisement
މުހިންމު ދެ ކަމަކަށް ފައިސާ ހޯދުމަށް އައި.ޓީ.އެފް.ސީ އާ އެކު އޮތްގުޅުން ފުޅާކުރަނީމިނިސްޓަރ ޙަސަން ޒަރީރު/ފޮޓޯ ފިނޭންސް
ޚަބަރު

މުހިންމު ދެ ކަމަކަށް ފައިސާ ހޯދުމަށް އައި.ޓީ.އެފް.ސީ އާ އެކު އޮތްގުޅުން ފުޅާކުރަނީ

މުހިންމު ދެ ކަމަކަށް ފައިސާ ހޯދުމަށް އައި.ޓީ.އެފް.ސީ އާ އެކު އޮތްގުޅުން ފުޅާކުރަމުންދާ ކަމަށް ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ7 ސެޕްޓެމްބަރު 2026

ބޭސްފަރުވާއަށް ޚާއްސަ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް ގާއިމުކުރުމަށާއި، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް އެހީތެރިކަން ހޯދުމަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާއެކު އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައި.ޓީ.އެފް.ސީގެ ދެވަނަ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ގައުމީ އިގްތިސާދު  ދެމެހެއްޓެނިވިގޮތަކަށް، ވަރުގަދަކުރުމަށާއި، ލޮޖިސްޓިކްސްގެ ޚިދުމަތްތައް އައު ކުރުމަށާއި، ގައުމުގެ ސިއްހީ ސަޕްލައި ޗޭން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު ގައުމީ މަސައްކަތްތަކެއްކަމަށެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ އިގްތިސާދަކަށްވުމާއެކު، އެކަށީގެންވާ ވިޔަފާރި ފައިނޭންސިންގ ހޯދުމާ ބެހޭ ގޮތުން މިނިސްޓަރ ޒަރީރު ވިދާޅުވީ، އެކަށީގެންވާ މާލީ އެހީތެރިކަން ލިބުމަކީ މެދުކެނޑުމެއްނެތް ގޮތެއްގައި އަސާސީ މުދާ އެތެރެކުރުމަށާއި، އެތެރޭގެ ވެލިއު ޗޭންތައް ވަރުގަދަކުރުމުގެ އިތުރުން އޯއައިސީގެ މެންބަރު ގައުމުތަކާއެކު އޮންނަ އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އައިޓީއެފްސީ އުފެދުނީއްސުރެ، އެ މުއައްސަސާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ވަރުގަދަ ބައިވެރިއެއް ކަމަށެވެ. އެތަނުން ރާއްޖޭގެ ހަކަތައިގެ ބޭނުންތަކަށް ފޯރުކޮށްދިން މުހިންމު އެހީތެރިކަމާއެކު ފެށުނު ގުޅުން، މިއަދު ވަނީ މައިގަނޑު ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމުގެ އިތުރުން، މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފަދަ މުހިންމު ދާއިރާތަކުގެ ކުރިއެރުމަށް މަގުފަހިކޮށްދޭ ފުރިހަމަ ޕާޓްނަޝިޕަކަށް ބަދަލުވެފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދެމެހެއްޓެނިވި މި ގުޅުމުގެ މައިގަނޑު އެއް އަސާސަކީ 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދޫކުރަމުންދާ ރޯލްއޯވަރ ޓްރޭޑް ފައިނޭންސް ފެސިލިޓީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ އަސާސީ މުދާ އެތެރެކުރުމަށް ބޭނުންވާ މާލީ ފައިސާ ފޯރުކޮށްދީ، ދައުލަތުގެ ވިޔަފާރިތަކަށް ހަމަޖެހުން ހޯދައިދޭ މުހިންމު ވަސީލަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިގްތިސާދީ ގޮންޖެހުންތަކުގެ ވަގުތުތަކުގައި އައި.ޓީ.އެފް.ސީން އަދާކުރި ދައުރާބެހޭގޮތުން މިނިސްޓަރ ޒަރީރު ވިދާޅުވީ އެ މުއައްސަސާއަކީ އެންމެ އިތުބާރުހުރި ތަރައްގީގެ އެއް ބައިވެރިއެއް ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގައި ވެދިން އެހީތެރިކަމާއި، ދުނިޔޭގެ ތެލުގެ އަގުތަކަށް އައި ބަދަލުތަކުން ސަލާމަތްވުމަށް ދޫކުރި 25 މިލިއަން ޑޮލަރުގެ ކުއްލި ފެސިލިޓީ ފާހަގަކުރެއްވިއެވެ.

އައު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި މާކެޓް އިތުރަށް ފުޅާކުރުމަށާއި، އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށާއި، އިގްތިސާދު ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ކުރިއަރައިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

ގުޅުންހުރި ޚަބަރު