ދިވެހި|English 7 ސެޕްޓެމްބަރު 2026 · 15:11
Top banner
Advertisement
ބައެއް ކުންފުނިތައް އުވާލައި މަސައްކަތް އެހެން ތަންތަނަށް ބަދަލު ކުރަން ރައީސް ނިންމަވައިފި
ޚަބަރު

ބައެއް ކުންފުނިތައް އުވާލައި މަސައްކަތް އެހެން ތަންތަނަށް ބަދަލު ކުރަން ރައީސް ނިންމަވައިފި

މމުހައްމަދު އަލީ7 ސެޕްޓެމްބަރު 2026

އެމްޑީޕީ ސަރުކާރުން ވިއްކާފައިވާ އެމްޑަބްލިޔުއެސްސީގެ 20 ޕަސަންޓު ހިއްސާ ގަނެ އެކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓު ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ފަށައިފި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިހާރު ކުރިއަށް ގެންދަވާ ބައްދަލުވުމުގައި އެމަނިކުފާނު  ވިދާޅުވީ އެމަސައްކަތް ވަރަށް އޮމާންކޮށް ކުރިއަށްދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެމަސައްކަތް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު އިސްވެ ހުންނަވައިގެން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދަވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފެނަކަ އުވާލައި އެތަނުން ކުރަމުންއައި މަސައްކަތް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އާރުޑީސީ އުވާލައި އެތަނުގެ  މަސައްކަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމަށް ވެސް ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން އެގްރޯނެޓު އުވާލައި އެތަނުގެ މަސައްކަތް މިފްކޯގެ ދަށަށް ބަދަލު ކުރުމަށް ވެސް ވަނީ ނިންމާފައި ކަމަށް ވިދާޅުވިއެވެ.

މި ބަދަލު ގެނައުމުން މުވައްޒަފުން މަދުވެ ޚަރަދު ކުޑަކުރެވޭނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އާސަންދަ ޚިދުމަތުގެ ފުލްޕެކޭޖު ފަސްދޮޅަސް ހާސް ރުފިޔާއިން މަތީގެ މުސާރަ ލިބޭ މީހުންނަށް ނުލިބޭ ގޮތަށް ވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.   

 

ގުޅުންހުރި ޚަބަރު