ދިވެހި|English 8 ސެޕްޓެމްބަރު 2026 · 13:24
Top banner
Advertisement
ހަމައެކަނި ހައްލަކީ ޣައްޒާއިން މީހުން ނެރެލުން: އިސްރާއީލް
ދުނިޔެ

ހަމައެކަނި ހައްލަކީ ޣައްޒާއިން މީހުން ނެރެލުން: އިސްރާއީލް

ހަމައެކަނި ހައްލަކީ ޣައްޒާއިން މީހުން ނެރެލުން ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ8 ސެޕްޓެމްބަރު 2026

ޣައްޒާއިން ފަލަސްޠީނު މީހުން ނެރުމަކީ މައްސަލަތަކަށް އޮތް "ހަމައެކަނި ހައްލު" ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ޣައްޒާއިން އެތަނުގެ ވަޒަންވެރީން ނެރުމަށްޓަކައި އެއްގަމާއި ކަނޑާއި ވައިގެ މަގު ބޭނުންކޮށްގެން ވެސް އެކަން ކުރަން އިސްރާއީލް އޮތީ ތައްޔާރަށް ކަމަށެވެ.

މިކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް މިވަގުތު ތާއީދު ނުކުރައްވައެވެ. ކަރޓްޒް ވިދާޅުވީ މިކަމަށް ޓްރަމްޕްގެ ދާއީދު އެބައޮތް ކަމަށާއި ހަމައެކަނި ކުރެއްވި ކަމަކީ މިވަގުތަށް އެތާއީދު މަޑުޖައްސާލުން ކަމަށެވެ.

އިސާރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވިރް ވެސް ވަނީ "ޑިސްއެންގޭޖްމަންޓް 710" ގެ ނަމުގައި 7 އަހަރުގެ މަޝްރޫއެއް އާންމުކޮށްފައެވެ. މިއީ "އަމިއްލައަށް އެދިގެން ގައުމު ދޫކޮށް ދިއުމަށް" އެކުލަވާލި މަޝްރޫއެކެވެ. މީގެ ދަށުން ޣައްޒާގެ ދެ މިލިއަން މީހުން އެ ބިމުން ނެރެލުމަށް ވަނީ ނިންމާފައެވެ.

ބެން-ގްވިރް އިތުރަށް ވިދާޅުވީ، އޭނާ އަލުން އިންތިޚާބުވެއްޖެނަމަ ފަލަސްޠީނުގެ ރައްޔިތުން ގައުމުން ނެރުމަށްޓަކައި "މައިގްރޭޝަން މިނިސްޓްރީ" ވެސް އުފައްދަވާނެ ކަމަށެވެ.

ފާއިތުވި ހަފުތާގައި އިސްރާއީލުގެ ކަނާތުފިޔައިގެ ހަރުކަށި  މި ވަޒީރުން ވަނީ ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން އެއްކޮށް ނެރެލުމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބާރުއަޅުއްވާފައެވެ. އަދި ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި މީހުން ގެދޮރުން ނެރެ، އިމާރާތްތައް ތަޅާ ސުންނާފަތިކޮށް، މީހުން މެރުން ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ޤާނޫނާ ޚިލާފަށް މަޖުބޫރުން ޣައްޒާއިން މީހުން ނެރެލުމަށްޓަކައި ވަގުތު ކަނޑައަޅައިގެން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

 

ގުޅުންހުރި ޚަބަރު