ދިވެހި|English 9 ސެޕްޓެމްބަރު 2026 · 11:28
Top banner
Advertisement
އީރާނުން ފޮނުވާލި ވިހި މިސައިން ވައްޓާލައިފި
ދުނިޔެ

އީރާނުން ފޮނުވާލި ވިހި މިސައިން ވައްޓާލައިފި

އީރާނުން ފޮނުވާލި ވިހި މިސައިން ވައްޓާލައިފި ކަމަށް ބުނެފިއެވެ.

ޟޟަމްރަތު އަހްމަދު9 ސެޕްޓެމްބަރު 2026

ތެޔޮއުފުލާ އީރާނުގެ ފަސް އުޅަނދަކަށް އެމެރިކާއިން ހަމަލާދީ އެތަނުން އެއް އުޅަނދު ފައްތާލުމުން ރައްދުގައި އީރާނުން ފޮނުވާލި ވިހި މިސައިލް ވައްޓާލައިފިއެވެ.

މި ވިހި މިސައިލް ފޮނުވާލީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްލަރީ މަރުކަޒަކަށެވެ. އުރުދުންގެ އަސްކަރިއްޔާގެ ރަސްމީ ތަރުޖަމާނުވިދާޅުވީ އީރާނުން ފޮނުވާލި 20 މިސައިލްގެ ތެރެއިން 18 މިސައިލް ވައްޓާލާފައިވާ ކަމަށެވެ. އޭގެތެރެއިން، ދެ މިސައިލް ވެއްޓުނީ މީހުން ނޫޅޭ ސަރަހައްދުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާތަކަށް ފަހުވެސް އިތުރު ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން އެމެރިކާއަށް ދިނެވެ. އެއަށްފަހު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުދަ ދުވަހު ބުނީ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު އެމެރިކާގެ ދެ އުޅަންދަކަށާއި، އަށް ތެޔޮ ބޯޓުގެ އިތުރުން "އުސޫލުތަކާ ޚިލާފުވި" 10 އުޅަންދަކަށް ހަމަލާދީފައިވާނޭ ކަމަށެވެ.

މި ހަމަލާތައް ވަރުގަދަވެފައިވަނީ އީރާނުން އެމެރިކާގެ ހަނގުރާމަމަތީ ބޯޓަކަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ސެންޓްކޮމްއިން ބުނި ގޮތުގައި އެ ހަމަލާތަކުން ސަލާމަތްވެވިފައިވާ ކަމަށާއި، އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

 

ގުޅުންހުރި ޚަބަރު