މިހިނގާ ސެޕްޓެންބަރު 10 ވަނަ ދުވަހުގެރޭ ފަތިހު 04:14 އެހައިކަންހާއިރު މަސްޖިދުލް ފުރްޤާނަށް، ވަދެ، އެ މިސްކިތުގެ ހުރުމަތް ކެނޑާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އޭނާ ވަނީ މިސްކިތަށް ވަދެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލެއް ވެސް ހިންގައިފައި ކަމަށެވެ. އެގޮތުން އެ މިސްކިތް ތެރެއަށް ޤަޟާއުޙާޖާކުރިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ 2 02-13 / މާލެ، ނައުޝާދު މޫސާ (32އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު މަރުހަލާ ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.





