ދިވެހި|English 16 ސެޕްޓެމްބަރު 2026 · 15:43
Top banner
Advertisement
ޕީއެންސީއަށް ނާއިބު ރައީސުން ހޮވައިފި، އެންމެ ގިނަވޯޓު ރާފިޢުއަށް
ޚަބަރު

ޕީއެންސީއަށް ނާއިބު ރައީސުން ހޮވައިފި، އެންމެ ގިނަވޯޓު ރާފިޢުއަށް

ޕީއެންސީގެ ނާއިބު ރައީސުންގެ މަގާމަށް ހަ ބޭފުޅަކު އިންތިޚާބު ކޮށްފިއެވެ.

މމުހައްމަދު އަލީ16 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ނާއިބު ރައީސުން ހޮވައިފިއެވެ. އެ ޕާޓީއަށް ހޮވަންޖެހޭ 6 ނާއިބު ރައީސުން ހޮވާފައިވަނީ ސޯޝަލް ސެންޓަރުގައި މިހާރުކުރިއަށްދާ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުގައި މިއަދު ނެގި ވޯޓުންނެވެ.

އެ މަގާމަށް އަށް ބޭފުޅަކު ވާދަކުރެއްވިއެވެ. އޭގެ ތެރެއިން އެންމެގިނަ ވޯޓު ހޯއްދެވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ވޯޓުގައި އެއްހާސް ނުވަދިހަ ފަސް މެންބަރުން ވަނީ ވޯޓުލައިފައެވެ. ނާއިބުންނަށް ހޮވިފައިވާ ބޭފުޅުންނަކީ:

  • ޢަބްދުﷲ ރާފިޢު: 968 ވޯޓު

  • އަޙްމަދު ޝިޔާމް: 964 ވޯޓު

  • ފާޠިމަތު ސައުދާ: 923 ވޯޓު

  • އިބްރާހީމް ޝުޖާޢު: 862 ވޯޓު

  • މުޙައްމަދު ސަޢީދު: 833 ވޯޓު

  • މުޙައްމަދު ޙުސައިން ޝަރީފް: 780 ވޯޓު

    މި ހަ ބޭފުޅުން މަޤާމުގެ އިޤްރާރުގައި ސޮއި ކުރެއްވުމުން މިރޭ އޮންނާނެއެވެ. މި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ހަ ބޭފުޅުންގެ އިތުރުން އެހެން ބައެއް މަޤާމްތަކަށް ވެސް ވަނީ މެންބަރުން އިންތިޚާބު ކޮށްފައެވެ.

 

ގުޅުންހުރި ޚަބަރު