މާލެ، ގަލޮޅު، ހުވަފެނީގޯޅީގައި ބަޔަކު ހިންގި މާރާމާރީގައި އެކަކަށް އަނިޔާވެހެން އައިޖީއެމްޗުގައި ފަރުވާދޭން ފަށައިފިއެވެ.
ފަރުވާ ދެމުން ގެންދަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 02:32 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއްވައެވެ. އެހެންނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.





