ދިވެހި|English 17 ސެޕްޓެމްބަރު 2026 · 12:51
Top banner
Advertisement
ނަވާވީސް ގްރާމް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި
ޚަބަރު

ނަވާވީސް ގްރާމް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީ17 ސެޕްޓެމްބަރު 2026

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ 29.34 ގްރާމް މަސްތުވާތަކެއްޗާ އެކީގައެވެ.

ފުލުހުން ވިދާޅުވީ މި މަހު 15 ވަނަ ދުވަހުގެ ރޭ 7:13 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައި އެމީހާ ހައްޔަރުކޮށްފައިވަނީ ލ. ކައްދޫ އެއާޕޯޓު ތެރެއިން ކަމަށެވެ. މަސްތުވާ ތަކެތި ފެނުނީ އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކުރި ވަގުތުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ލ. މާވަށު،  ހަޒާރުމާގޭ، ޢަބްދުﷲ ޤާސިމެވެ. އޭނާއަކީ ޢުމުރުން އެއްތިރީސް އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކުރި އޮޕަރޭޝަން ހިންގީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ގުޅިގެންނެވެ.

 މި މައްސަލައާ ގުޅިގެން ޢަބްދުﷲ ޤާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައިވެއެވެ.

 މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

 

ގުޅުންހުރި ޚަބަރު