ދިވެހި|English 17 ސެޕްޓެމްބަރު 2026 · 12:59
Top banner
Advertisement
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒު ކަށަވަރު ކުރައްވައިފި
ޚަބަރު

ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒު ކަށަވަރު ކުރައްވައިފި

ރާއްޖޭގެ ކަންކަން ރަނގަޅު ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި ޕީއެންސީގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ދެއްވަން ފާސްކޮށްފިއެވެ.

މމުހައްމަދު އަލީ17 ސެޕްޓެމްބަރު 2026

ދެހާސް އަށާވީސް ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ޕީއެންސީގެ ރިޔާސީ ޓިކެޓު މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަށަވަރު ކުރައްވައިފިއެވެ. އެމަނިކުފާނަށް ޓިކެޓު ކަށަަވަރުވީ ޕްރައިމަރީއެއް ނުބާއްވައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވަން މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސް އިން ނިންމުމުންނެވެ. މިގޮތަށް ނިންމީ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުގެ އިއްތިފާގުންނެވެ.

ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުޢިއްޒަށް ދެއްވުމަށް އެދި ޕީއެންސީގެ މަތީ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އެޕާޓީގެ މެންބަރު ޢަބްދުﷲ އިބްރާހީމެވެ. ރައީސަށް ޓިކެޓު ދެއްވުމަށް ފާސްކުރެއްވި ވޯޓުގައި ބައިވެރިވި އެގާރަ ސަތޭކަ ނަވާރަ މަންދޫބުންގެ އިއްތިފާގުންނެވެ.

މި ގަރާރުގައި ބުނެފައިވަނީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖޭގެ ހުރިހާކަމެއްހެން ރަނގަޅު ކުރެއްވުމަށް ކުރައްވާ އަގުހުރި އަދި ބުރަ މަސައްކަތަށްޓަކައި ވެސް ޓިކެޓު ދެއްވަން ޖެހޭ ކަމަށެވެ.

 

ގުޅުންހުރި ޚަބަރު