ދިވެހި|English 17 ސެޕްޓެމްބަރު 2026 · 15:00
Top banner
Advertisement
ރައްކާތެރި ރާއްޖެއެއް ބިނާކުރުމަށް އަންހެން ފުލުހުން ދަނީ އެހީވަމުން: އިޙްސާންމިނިސްޓަރ ޢަލީ އިޙްސާން
ޚަބަރު

ރައްކާތެރި ރާއްޖެއެއް ބިނާކުރުމަށް އަންހެން ފުލުހުން ދަނީ އެހީވަމުން: އިޙްސާން

ދިވެހި އަންހެން ފުލުހުން ގެންދަވަނީ ރައްކާތެރި ރާއްޖެއެއް ބިނާ ކުރެއްވުމަށް ކޮންމެ ދުވަހަކު ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެއްވަމުން ކަމަށް ހޯމްމިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ17 ސެޕްޓެމްބަރު 2026

މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރުގެ "ވިމެންއިން ޕޮލިސިން ޑޭ" ގެ މުނާސަބަތުގައި އެކްސްގައި ހާމަކުރައްވާފައިވާ ކުރު މެސެޖެއްގައެވެ.

މިނިސްޓަރ ވިދާޅުވީ އަންހެން ފުލުހުންގެ ޚިދުމަތުން މުޖުތަމަޢުތައް ބަދަހިވާ ކަމަށެވެ. ދިވެހި ފުލުހުންގެ ތެރޭގައި މަސައްކަތްކުރައްވާ އަންހެން ބޭފުޅުންގެ ކެރުމާއި ސާބިތުކަމާއި، އަދި ޕްރޮފެޝަނަލިޒަމްގެ  އަގު ވަރަށް ބޮޑަށް ވަޒަން ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އެބޭފުޅުންގެ "ޚިދުމަތަށާއި ސާބިތުކަމަށް ޝުކުރު ދަންނަވަން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

 

ގުޅުންހުރި ޚަބަރު