ދިވެހި|English 17 ސެޕްޓެމްބަރު 2026 · 17:52
Top banner
Advertisement
ރައީސް ނަޝީދަށް މުންދުގެ މެސެޖެއް: ދަރަނި ނުނަގައި ދަރަނި ދައްކައިފިންސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް -ފޮޓޯ/ރައީސް އޮފީސް
ޚަބަރު

ރައީސް ނަޝީދަށް މުންދުގެ މެސެޖެއް: ދަރަނި ނުނަގައި ދަރަނި ދައްކައިފިން

މުންދު ވިދާޅުވީ ދަރަނި ދެއްކުމަށްފަހު ވެސް ތެޔޮ ގަންނަން ބޭނުންވާ ވަރަށް ފައިސާ އެބަހުރި ކަމަށެވެ.

މމުހައްމަދު އަލީ17 ސެޕްޓެމްބަރު 2026

އެމްޑީޕީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަންޏެއް މިސަރުކާރުން ދައްކައި މިއަދު ޚަލާސް ކޮށްފިއެވެ.

އެ ދަރަނި ޚަލާސް ކުރުމަށްފަހު، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށާއި "ޑީފޯލްޓް ވޭތޯ ދުޢާކުރަމުންދިޔަ އެންމެނަށް ކުޑަ މެސެޖެއް" އެބައޮތް ކަމަށް ވިދާޅު ދަރަނި ދެއްކި ކަމުގެ މެސެޖު ދެއްވައިފައެވެ.

"ތިޔަ ބޭފުޅުން ރައްޔިތުންގެ ބޮލުގައި އެޅުވި މި ދަރަނިވެސް ދައްކައިފިން. އިތުރު ދަރަންޏެއް ނުނަގާ ދައްކައިފިން،" ސޯޝަލް މިޑިއާ ޕްލެޓް ފޯމް ފޭސްބުކުގައު މުންދު ވިދާޅުވެފައިވެއެވެ.

މުންދު ވިދާޅުވީ ދަރަނި ދެއްކުމަށްފަހު ވެސް ތެޔޮ ގަންނަން ބޭނުންވާ ވަރަށް ފައިސާ އެބަހުރި ކަމަށެވެ. އަދި އަސާސީ ކާބޯތަކެތިވެސް ގެނެވޭނޭ ކަމަށް އޭނާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

"އެހެން ނޫނަސް، ވެރިކަމުން ފޭބިއިރު ބާކީ އެންމެ 2 މިލިއަން ބެހެއްޓި ބަޔަކު ޔޫޒަބަލް ރިޒާވްގެ ވާހަކަ ދެއްކުން މުނާސަބެއް ނޫން،" ކަމަށް ވިދާޅުވެ އޭނާ ވަނީ އެމްޑީޕީއަށް ވެސް މެސެޖު ރައްދުކޮށްފައެވެ. އޭނާ ވިދާޅުވީ ދެން ބުއްދިވެރިވާނީ ރައްޔިތުންނަށް ބިރުދައްކަން އައު މައުޟޫއުއެއް ހޯދުން ކަމަށް ބުނެ އެމްޑީޕީއަށް ނުވަތަ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާއެއް ފޮނުވައިފައެވެ.

 

ގުޅުންހުރި ޚަބަރު