ދިވެހި|English 18 ސެޕްޓެމްބަރު 2026 · 23:08
Top banner
Advertisement
މާލޭ ބޭރުތޮށިގަނޑުގެ ހިލަތަކުގެ ތެރޭގައި ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށްފި
ޚަބަރު

މާލޭ ބޭރުތޮށިގަނޑުގެ ހިލަތަކުގެ ތެރޭގައި ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށްފި

މިހާދިސާގައި އެމީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފުސީލެއް އެނގިފައެއް ނުވެއެވެ. އެ މީހާ ހިލަތަކުގެ ތެރޭގައި ތާށިވާން ޖެހުނު ސަބަބައެއް އަދި ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

މމުހައްމަދު އަލީ18 ސެޕްޓެމްބަރު 2026

މާލެ ސްކޭޓް ޕާކާ ދިމާ ތޮށިގަނޑުގެ، ހިލަގާތަކުގެ ތެރޭގައި ތާށިވެފައި އޮތް މީހަކު ސަލާމަތް ކޮށްފިއެވެ.

އެމީހާ ސަލާމަތް ކުރުމަށްފަހު މިހާރުވަނީ ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެއީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާދިސާގައި އެމީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފުސީލެއް އެނގިފައެއް ނުވެއެވެ. އެ މީހާ ހިލަތަކުގެ ތެރޭގައި ތާށިވާން ޖެހުނު ސަބަބައެއް އަދި ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

އަތަނުގައި މީހަކު ތާށިވެފައި އޮތްކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު ފަސްގަޑި ސަތާރަ އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ސަލާމަތްކޮށްފައިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުންނެވެ.

ގުޅުންހުރި ޚަބަރު