ދިވެހި|English 19 ސެޕްޓެމްބަރު 2026 · 12:58
Top banner
Advertisement
ޕީއެންސީގެ ލީޑަރޝިޕަށް ދިހަ ބޭފުޅަކު އައްޔަން ކުރައްވައިފި
ޚަބަރު

ޕީއެންސީގެ ލީޑަރޝިޕަށް ދިހަ ބޭފުޅަކު އައްޔަން ކުރައްވައިފި

ވެރިކަންކުރާ ޕީއެންސީގެ ލީޑަރޝިޕަށް ދިހަ ބޭފުޅަކު އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.

މމުހައްމަދު އަލީ18 ސެޕްޓެމްބަރު 2026

މި ބޭފުޅުން އައްޔަން ކުރެއްވީ ޕާޓީގެ ރައީސަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރެއްގެ ދަށުންނެވެ.

މި ބޭފުޅުންގެ ތެރޭގައި ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުންނާއި، ސަފީރުންނާއި ކުންފުނިތަކުގެ އެމްޑީން ހިމެނިވަޑައިގަންނަވައެވެ.

ލިޑަރޝިޕަށް އައްޔަން ކުރެއްވި ބޭފުޅުން:

  • ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޒު

  • ރައީސް އޮފީހުގެ މިނިސްޓަރ ޢަބްދުﷲ ނާޞިރު

  • ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޠަލާލް

  • ޓޫރިޒަމް މިނިސްޓަރ މުޙައްމަދު އަމީން

  • ހެލްތު މިނިސްޓަރ ޤީލާ ޢަލީ

  • ހައުސިން މިނިސްޓަރ ޢަބްދުﷲ މުއްޠަލިބް

  • ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް ޢުމަރު

  • މާލޭ ގްރޫޕް އޮފް ހޮސްޕިޓަލިޓީޒްގެ ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް

  • އެޗުޑީސީގެ އެމްޑީ ޢަލީ ޒުހައިރު

  • އެފްޑީސީގެ އެމްޑީ ޙަމްދާން ޝަކީލް

ޕީއެންސީގެ ލީޑަރޝިޕްގައި ދެން ހިމެނި ވަޑައިގަންނަވަނީ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާހުއާއި އެސްޖީއާއި ޑެޕިޔުޓީ އެސްޖީއެވެ.

މި އެންމެހާ ބޭފުޅުން މިއަދު ވަނީ މަގާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ނާއިބު ރައީސުންނާއި، މަތީ މަޖިލީހަށް އިންތިޚާބުވި އަންހެން މެމްބަރުންވެސް ހިމެނެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

 

ގުޅުންހުރި ޚަބަރު